ކުއްލިޙާލަތުގަ ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، ޕްލޭންތައް ހަމަކުރެވޭނެ!: ޙުސައިން ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
ކުއްލިޙާލަތުގަ ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، ޕްލޭންތައް ހަމަކުރެވޭނެ!: ޙުސައިން ފަހުމީ

ކުއްލިޙާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް ހާމަމަކުރައްވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.  

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ އަބަދުވެސް ޤައުމީ ކާރިސާތަކުގަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފަދަ ކާރިސާތަކެއްގަ އަމަލުކުރާނެ ގޮތެއް މިހާތަނަށް އެސްޓެބްލިޝްވެފަ ކުންފުނީގަ ނެތް. ޤައުމީ ކާރިސާތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ ހިނގާ ކަންތައްތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަ. ޤައުމީ ފެންވަރެއްގަ ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން އަޅުގަނޑުމެންނަށް ފެންނާތީ ސްޓެލްކޯއާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ"

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގަ ވަރަށް ފުޅާކޮށް ކުންފުނިތަކުގެ ދައުރު ވަނީ ބަޔާންކުރެވިފައި ކަމަށެވެ. އަދި ކުންފުނިތަކުން ކާރިސާގެ ވަގުތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކީގަ ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކެއް އެބަހުރި ކަމަށެވެ. އަދި މަސައްކަތްތަކެއްވެސް ފާހަގަކުރެވިފަ އެބަހުރި ކަމަށެވެ. 

"އެކަމަކު މީގެ ކުރީގެ އަހަރުތަކުގަ މިފަދަ މަސައްކަތްތައް ކުންފުނިތަކާ އެކީގަ އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. އިރާދަކުރެއްވިއްޔާ މިއަދު މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ސްޓެލްކޯއާ އެކީގަ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގަ ވަރަށް ގިނަ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގަ ކުރުމަށް ވަނީ ރާވާފަ. މިގޮތުން ސްޓެލްކޯއަކީ ކްރިޓިކަލް ޚިދުމަތެއް ފޯރުކޮށްދެއްވާ ކުންފުންޏަކަށް ވާހިނދު މި ޚިދުމަތަކީ ކާރިސާގެ ވަގުތުގަވެސް މުޖުތަމަޢުއަށް، ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދޭންޖެހޭ ޚިދުމަތަކަށް ވާއިރު މިކަން ކާރިސާގެ ވަގުތުގަވެސް ކުރެވޭނެ ގޮތްތައް ރާވާ ހިނގުމުގަ އަދި މީގެ ތެރޭގަ ސްޓެލްކޯގެ މުވައްޒަފުންގެ ދައުރު ފުޅާކޮށް، ސްޓެލްކޯގެ މުވައްޒަފުންނަކީ ކާރިސާތަކަށް ވިލުންތެރި، މި މަސައްކަތުގަ ޑިޒާސްޓަރ މެނޭޖްމަންޓްއާ އެކީގަ އެއްކޮށް މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފަވާ މުވައްޒަފުންތަކެއްގެ ގޮތުގަ ތައްޔާރުކުރުމަށް ވަނީ ރޭވިފަ" ކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

 

މިއަދު އޮންލައިން