ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު ޓްރޭޑު ޝޯ "ޓީޓީއެމް މޯލްޑިވްސް 2023" ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު ޓްރޭޑު ޝޯ "ޓީޓީއެމް މޯލްޑިވްސް 2023" ފަށައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު ޓްރޭޑު ޝޯ ކަމަށްވާ ޓީޓީއެމް މޯލްޑިވްސް 2023 މިއަދު މީރުމާގައި ފެށިއްޖެއެވެ. މި ޝޯގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 1000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ޝޯގައި 3000 ޕްރީ ޝެޑިއުލް މީޓިންގ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދާއިރާގެ 500 އަށްވުރެ ގިނަ މީހުން މި ޝޯގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި 100 އަށްވުރެ ގިނަ ރިސޯޓާއި 250 އަށްވުރެ ގިނަ އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ހިމެނެއެވެ.

ޓީޓީއެމް މޯލްޑިވްސްގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލްއެވެ. ވަޒީރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް މިފަދަ ޓްރޭޑު ޝޯތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޓީޓީއެމް މޯލްޑިވްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އަދި މުހިންމު އެއް ހަރަކާތްކަން ފާހަގަކުރެވެއެވެ. މި ޝޯއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން