ރާއްޖޭގެ ރިޒާވް ހުސްވެއްޖެ ކަމަށް ބުނާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ޚަބަރެއް: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ރާއްޖޭގެ ރިޒާވް ހުސްވެއްޖެ ކަމަށް ބުނާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ޚަބަރެއް: އެމްއެމްއޭ

ރާއްޖޭގެ ރިޒާވް ހުސްވެއްޖެ ކަމަށް ބުނެ "އަދަދު" ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު، އޮޅުވާލުންތަކެއް އެކުލެވޭ މަޢުލޫމާތު ހިމެނޭ ޚަބަރެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މިކަމާގުޅިގެން އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ރިޒާވާ ގުޅުންހުރި މަޢުލޫމާތު ރަސްމީކޮށް ޢާންމުކުރަނީ އެމްއެމްއޭ އިން ކަމަށާއި، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް، ޖުލައި މަހު ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިފަދަ މުހިންމު އިޤްތިޞާދީ މަޢުލޫމާތު ޙަޤީޤަތާ ޚިލާފަށް ގެނެސްދިނުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން