ހުރިދަތިތަކާއެކުވެސް މާލީ ޙާލަތު އަންނަނީ ރަނގަޅުވަމުން- ދޮގު ޚަބަރު ފެތުރުން ހުއްޓާލާ!: ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ހުރިދަތިތަކާއެކުވެސް މާލީ ޙާލަތު އަންނަނީ ރަނގަޅުވަމުން- ދޮގު ޚަބަރު ފެތުރުން ހުއްޓާލާ!: ފަހުމީ

ރާއްޖޭގެ އިޤްޠިޞޯދު ފުންވަޅުގަނޑަށް ވައްޓާލާފައި އޮތުމުން ކުރިމަތިވެފައިވާ ދަތިތަކާއިއެކުވެސް މާލީ ޙާލަތު ރަނގަޅުކުރަން މިސަރުކާރުގެ ފާއިތުވި ކުރުމުއްދަތުގައި ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުން މާލީ ޙާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ދޮގު މަޢުލޫމާތު ނުފެތުރުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހްމީ އެދިވަޑައިގެންފިއެވެ. 

ޙުސައިން ފަހުމީ ވިދާޅުވީ ނޫސްތަކުން މަޢުލޫމާތު ފަތުރަންވާނީ ކަމާއިބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި ޞައްޙަކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ. 

ޙުސައިން ފަހުމީ މިފަދަ ބަސްފުޅެއް ވިދާޅުވީ ކުރީގެ ސަރުކާރުން ސަރުކާރު ހިންގުމަށާއި އަދި އެނޫން ބޭނުންތްކަށްވެސް ބޮޑެތި ލޯނުތަކެއް ނަގައި ދައްކަންޖެހޭ ތާވަލާއިއ އެއްގޮތަށް ނުދައްކައި ދިގުދަންމަމުން ގެންގޮސް 5 އަހަރުގެ ދައުރު ނިންމައިލިއިރުވެސް ލޯނުތައް ނުދައްކާ ހުރުމުން މިހާރުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނިކޮށް ރާއްޖޭގެ މާލީ ޙަލަތާއި ގުޅޭ ގޮތުން "ޢަދަދުނޫހުގައި" ކަނޑައެޅިގެން ދޮގުމަޢުލޫމާތުތަކެއް ހާމަކުރުމުން އެމްއެމްއޭއިން އެމަޢުލޫމާތު ދޮގުކޮށް ކަމުގެ ޙަޤީޤަތް ހާމަކޮށްފައިވާ ފވަޤުތެއްގައެވެ. 

އެމްއެމްއޭގެ ނޫސްބަޔާން:

 

މިއަދު އޮންލައިން