މައިމީހާއަށާ ދަރިންނަށް ބޮސްދިނުން- ލޯބިވާކަން އަންގައިދޭން ކުރަން އެންމެ މުހިންމު އެއްކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މައިމީހާއަށާ ދަރިންނަށް ބޮސްދިނުން- ލޯބިވާކަން އަންގައިދޭން ކުރަން އެންމެ މުހިންމު އެއްކަންތައް!

ތިމާގެ ލޯތްބަށް އެންމެ ބޮޑަށް ބޭނުންވެގެން ތިބޭ ބައަކީ ދަރިންނާއި މައިމީހާއެވެ. ޚާއްޞަކޮށް ކުޑަކުދިންނެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ދަރިންގެ ލޯބި ބައްޕައިން ވެސް ބޭނުންވާނެއެވެ. ނަމަވެސް ބައްޕައިންގެ އިޙްޞާޞްތައް ތަފާތުވާނެއެވެ. ލޯބި ދިނުމުގައި އަބަދުވެސް އަމަލުކުރަން ޖެހޭނީ އެމީހެއްގެ އިޙްޞާޞްތަކާއި އެއްގޮތަށެވެ.  

އަނބިންނަށްވެސް އަދި ފިރިންނަށްވެސް ލޯބި ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. ދެމަފިރިންގެ ގުޅުން ބަދަހިވެ ކުރިއަރާނީ އެކަކު އަނެކަކަށް ލޯބިދިން ވަރަކުންނެވެ. ނަމަވެސް އެއިގެ ކުރިއަށް ދަރިންނަށާއި މައިންނަށް ދޭ ލޯބި ނެރެން ޖެހޭނެއެވެ.

ދެމަފިރިން އެކަކު އަނެކަކަށް ލޯބިދެއެވެ. ލޯބިން ބޮސްދީ ހަދައެވެ. ނަމަވެސް ދަރިންނަށާއި މައިމީހާއަށް ބޮސްދީ ލޯބިދޭން އެމީހުން ޖެހިލުންވެއެވެ. ނުވަތަ ކޮންމެވެސް ސަބަބަކާއި ހުރެ އެކަންކުރަން ފަސްޖެހެއެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ބޮސްދިނުމަކީ ހަމައެކަނި ކޮލަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ނިތްކުރިއަށްވެސް އަތްތިލައަށް ވެސް ބޮސްދޭށެވެ!  

ރަސޫލް () ވަނީ މިކަމުގައި މީސްތަކުންނަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ. ވީމާ އަހަރެމެންނަށް އޮތީ ދެއްކެވި ނަމޫނާ އާއި އެއްގޮތަށް އެކަން ބަލައިގަތުމެވެ.  

ބޮސްދޭން ބުނުމުން އެއީ ފެންނަހައި މީހަކަށް ކުރަން ޖެހޭ ކަމެއް ނޫނެވެ. ބޮސް ދޭންވީ ހުއްދަވެގެންވާ މީހުންނަށެވެ. ދުރުހިލޭ މީހުންނަށް ބޮސްދޭން އުޅެގެން މިފަދަ ޒަމާނެއްގައި އޮންނާނީ ތަފާތު މައްސަލަތައް ކުރިމަތިވެފައެވެ.  

ބޮސްދޭން ޖެހޭ މީހުންނަށް ބޮސްދިނުމަކީ ޢާއިލާގެ މެދުގައި ލޯބި އިތުރުވެ ގުޅުން ބަދަހިވާ ކަމެކެވެ. ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. އެކަމުގައި ޞިއްޙީ ފައިދާތަކެއް ހުރި ކަމަށްވެސް މިޒަމާނެ ޑޮކްޓަރުން ބުނެއެވެ. ވީމާ ބޮސް ދޭން ޖެހޭ މީހުންނަށް ބޮސްދޭން ދަހިވެތިނުވާށެވެ! ތިމާއަށް ބޭނުންވާ ލޯބީގެ ދަހިވެތިކަމުގައި އަނބިންނަށް/ފިރިންނަށް ބޮސްދެމުންދާއިރު ތިމާގެ ލޯތްބަށް އެދިއެދި ތިބި މައިމިހާއަށާއި ތުއްތު ދަރިންނަށް ބޮސް ނުދޭނަމަ އެމީހަކީ ދަހިވެތިކަން ހައްދު ފަހަނައަޅާފައި ހުރި މީހެކެވެ. 

އހުރެން މިދެއްކި ވާހަކަ އޮޅުވައިނުލާށެވެ! އަހުރެން މިދެއްކީ އިސްލާމް ދީނުގައިވާ ރިވެތި އަޚްލާޤްގެ ތެރެއިން ކަންކަން ކުރާވާހަކައެވެ. ހުޅަނގުގެ މީހުން ޢަމަލުކުރާހެން ނުބައި މަގުތަކުން ކަންކަންކުރާ ވާހަކައެއް ނޫނެވެ. ޚާއްޞަކޮށް ކުޑަކުދިންނަށާއި މުސްކުޅި މައިމީހާއަށް ލޯބިދިނުމުގެ ވާހަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

މިއަދު އޮންލައިން