ހަނދުމަކޮށްދިނުމެއް! މިއީ ކުރުނަމަވެސް ގިނަގިނައިން ކުރަންޖެހިފައި އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހަނދުމަކޮށްދިނުމެއް! މިއީ ކުރުނަމަވެސް ގިނަގިނައިން ކުރަންޖެހިފައި އޮތް ދުޢާއެއް!

ކުރަންޖެހޭ ދުޢާތައް ގިނަ ބައަކަށް އެނގެއެވެ. ނަމަވެސް ފަރުވާ ކުޑަކުރެވެނީއެވެ. ކަންނެތް ވެވެނީއެވެ. އެކަމަކު ބުނަންހެއްޔެވެ؟ ކޮންމެ ދުވަހަކު ކުރަންޖެހޭ ދުޢާތަކާއި ގިނަގިނައިން ކުރަންޖެހޭ ދުޢާތައް ކުރުމުގައި އިހްމާލްނުވާށެވެ! ދަރުސް އަޑުއަހަން މިތަނުގައި ތިބި އެންމެންނޭވެ! ފަހުން ދަރުސްގެ އަޑުއަހާނެ އެންމެންނޭވެ! މިރޭގެ ދަރުސް ފަށަމުން ފުރަތަމަކަމަކަށްވެސް ހަނދާންކޮށްލައި މިދެނީ ދުޢާއެކެވެ. އައުދުޢާއެއް ނޫނެވެ. އެންމެންވެސް ވަރަށް ރަނގަޅަށް ދަންނަ ދުޢާއެކެވެ. ނަމަވެސް އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުން މިދުޢާކުރަނީ މަދުމީހެކެވެ.

މިހެން ބުނަން މިޖެހެނީ މުސްލިމުންގެ ގޮތުގައި ތިބިނަމަވެސް ދީނާއި ދުރަށްޖެހެވެމުންދާ މީހުންގެ އަދަދު ގިނަވާތީއެވެ. ދީނާއި ދުރަށް ޖެހެވޭކަމަށް މިބުނަނީ ދީނުގައިވާ ކަންކަމަށް ޢަމަލުކުރުމުގައި ފަރުވާކުޑަކުރެވޭ ވާހަކައެވެ. ފަރުޟުތައް އަދާކުރަން ފަސްޖެހި ޙަރާމްކަންކަން ކުރެވޭވާހަކައެވެ. އެހެން އެވަނީ ދީނުގައި ޘާބިތުނުވެވޭތީއެވެ.

ބައެއް މީހުން ވަރަށް ގިނައިން އަޅުކަން ކުރެއެވެ! ނަމަވެސް އެމީހުންނަށް ތެދުމަގު ދެއްކެވުން ދުޢާއެއް ނުކުރެވެއެވެ! މިއީ ވަރަށް ހިތާމަހުރި ކަމެކެވެ! އެކަން އެނގެނީ މިއާޔަތުންނެވެ! މީސްތަކުން ސުވަރުގެ ވައްދަވާހިނދު އެމީހުން ބުނާ ބަސްތަކުންނެވެ!

"އަދި އެއުރެންގެ ހިތްތަކުގައިވާ ހަސދަވެރިކަން، ތިމަންރަސްކަލާނގެ ވަނީ ވަކިކުރައްވާފައެވެ. އެއުރެންގެ ދަށުން ފެންއާރުތައް ހިނގައެވެ. އަދި އެއުރެން ބުނާނެތެވެ. ޙަމްދު ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލުން، ޙައްޤި ދީނާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިއަބަައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން އެތަން ތިއަބައިމީހުންނަށް ލިބިދެއްވިއެވެ." (އަލްއައްރާފް 43)

މީސްތަކުންނޭވެ! ތެދުމަގު ދައްކަވައި ދެއްވެވުމަށާއި ތެދުމަގުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން މިފަދަ ދުޢާތައް ކުރާށެވެ. “Oh turner of the hearts (Allah, the Most High), keep our hearts firm on your religion“

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން