އިންސާނުން ބޭނުންވުމުން ނުރައްކާތެރި ބޮޑެތި ޖަނަވާރުތަކާއިއެކު ދިރިއުޅެވޭއިރު މައިންބަފައިންނާ ޢާއިލާގެ މީހުންނާއިއެކު ދިރިނުއުޅެވިގެން މިއުޅެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އިންސާނުން ބޭނުންވުމުން ނުރައްކާތެރި ބޮޑެތި ޖަނަވާރުތަކާއިއެކު ދިރިއުޅެވޭއިރު މައިންބަފައިންނާ ޢާއިލާގެ މީހުންނާއިއެކު ދިރިނުއުޅެވިގެން މިއުޅެނީ ކީއްވެ؟

އިންސާނުން ބޭނުންވުމުން ފުރާނައިން ރިސްކް ނަގައިގެން މިނިކާވަގުތަކާއި ސިންގާތަކާއިއެކު އެބަ ދިރިއުޅެއެވެ. އެފަދަ ޖަނަވާރުތައް އޮޅުކޮށްގެން އެބަ ގެންގުޅެއެވެ. ނަމަވެސް މައިންބަފައިންނާއި އަދި ޢާއިލާގެ މީހުންނާއިއެކު ދިރިއުޅެވޭ ކަމަކަށް ނުވެއެވެ. މިއީ ގިން ބައަކު ކަންބޮޑުވާ ކަމެކެވެ.

ހަމަ ޤައިމުވެސް މައިންބަފައިން ބެލެހެއްޓުމަކީ ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ.

ޢާއިލީ ގޭގައި ދިރިއުޅެވެން އޮންނައިރުވެސް ބައެއް މީހުން ވަކިން ދިރިއުޅެނީ ސަބަބުތަކެއް ކުރިމަތިވާތީއެވެ. އެއީ ޖެހޭ މައްސަލަތައް ގިނަވުމެވެ. ފިތުނަވެރިކަމާއި ޙަސަދަވެރިކަން ބޮޑުވުމެވެ. ވީމާ ފުރަތަމަ ކަމަކަށް މިކަންކަމަށް އެންމެންވެސް ސަމާލުކަންދޭން އެބަޖެހެއެވެ.

ހަމަ އެންމެ ސުވާލެކެވެ! އަހަރެމެންނަށް މިއަދު އަހަރެމެންގެ މައިންބަފައިންނާއި އަދި ޢާއިލާގެ މީހުންނާއިއެކު ދިރިނުއުޅެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލަށް އަހުރެންނަށް ވިސްނޭ ޖަވާބު ވަރަށް ކުރުކޮށް މިދިނީއެވެ. ސަބަބަކީ ފިތުނަވެރިކަމެވެ. ޙަސަދަވެރިކަމެވެ. އިތުރަށް ބުނާނަމަ އަހުރެމެން އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެން ސަމާލުކަން ނުދެވެނީއެވެ.

ގެދޮރުގެ ދަތިކަން ބޮޑުވުމުން އެންމެންނަށް އެއްގެއެއްގައި ނުއުޅެވިގެން ވަކި ދިރިއުޅުމެއް އުޅެންޖެހިއްޖެނަމަ އެއީ މައްސަލައެއް ނޫނެވެ. ވިސްނަން އޮތް ކަމަކީ ވަކިން ދިރިއުޅުނަސް މައިންބަފައިން ބަލަންޖެހޭނެކަމެވެ. ޢާއިލާގެ އެންމެންނާއިވެސް ގުޅުން ބާއްވައި ހެޔޮކޮށް ހިތަންޖެހޭނެ ކަމެވެ.

މައްސަލައަކަށްވަނީ ޢާއިލާގެ ތެރޭގައި ޚިޔާލުތަފާތުވުންތައް ހުންނާތީ އެކުގައި އުޅެވެން ނުއޮންނަކަމެވެ. އެއީ ނައްތާލަންޖެހޭނެ ކަމެކެވެ. އެންމެންވެސް ޚިޔާލުތަފާތުވާނެއެވެ. މުހިންމީ އަނެކާގެ ޚިޔާލުތަކަށް އިޙްތިރާމްކޮށްގެން އުޅެން ދަސްކުރުމެވެ. އެއިރުން މިބުނި ފަދަ މައްސަލަތައް މަދުވެގެންދާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން