ﷲ ގެ މަގުގަ ޖިހާދުކުރުމުގެ ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބަ އޮތް! ކަނޑިއާ ބަޑި ބޭނުމެއްވެސް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ﷲ ގެ މަގުގަ ޖިހާދުކުރުމުގެ ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބަ އޮތް! ކަނޑިއާ ބަޑި ބޭނުމެއްވެސް ނުވޭ!

"ﷲ ގެ ވަހީ އާއި ޙުކުމްފުޅު ދިފާޢުކުރުމަށާއި މަތިވެރިކުރަން ކުރާ ކޮންމެ މަސައްކަތަކީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެކެވެ!" (ޞަޙީހް ބުޚާރީ: 2810)  

ޢުމުރު ހުސްވާއިރުވެސް ﷲ މަގުގައި ކަނޑިއާ ބަޑިން ހަނގުރާމަކުރަން ފުރުޞަތު ނުލިބިދާނެއެވެ! ނަމަވެސް ﷲ ގެ ޙުކުމްފުޅުތައް ދިފާޢުކޮށް މަތިވެރިކުރަން ކޮންމެ ދުވަހަކު މިވަނީ މަސައްކަތްކުރަން ޖެހިފައެވެ! ފުރުޞަތު ނަގައިނުލާށެވެ! 

ދުލުން ކުރިނަމަވެސް ޤަލަމުން ކުރިނަމަވެސް ސޯޝަލްމީޑިއާގައި ކުރި ނަމަވެސް އަދި އެނޫން ގޮތަކަށް ކުރި ނަމަވެސް ﷲ ތައާލާގެ ވަހީ، ކީރިތި ޤުރްއާނާއި ﷲ ތައާލާގެ ޙުކުމްފުޅުތައް ދިފާޢުކުރުމަށާއި މަތިވެރިކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީވެސް ﷲ ތަޢާލާގެ މަގުގައި ކުރެވޭ ޖިހާދެކެވެ! "އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުން" ކަމަށް އޮތް ޙަދީޘް ބަސްފުޅުން މިކަމަށް އިތުރަށް ދަލީލު ލިބިގެންދެއެވެ. 

އެމީހަކަށް ވެވުނުވަރަކުން މި މަތިވެރި ޖިހާދުގައި ބައިވެރިވެ ﷲ ތައާލާގެ ވަޙީ ބަސްފުޅުތަކާއި ޙުކުމްފުޅުތައް މަތިވެރިކުރަން ގަދައަޅައި މަސައްކަތްކުރަމާހިނގާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން