ރާއްޖޭގައި މަތީ ތައުލީމު ކުރިއަރުވަން ބީއެމްއެލް އިސްލާމިކް އިން އައިޔޫއެމްގެ ސަނާބިލް ޕްރޮޖެކްޓަށް އިންވެސްޓްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރާއްޖޭގައި މަތީ ތައުލީމު ކުރިއަރުވަން ބީއެމްއެލް އިސްލާމިކް އިން އައިޔޫއެމްގެ ސަނާބިލް ޕްރޮޖެކްޓަށް އިންވެސްޓްކޮށްފި

މަތީ ތައުލީމަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތްބުރީގެ އިމާރާތްކުރުމަށް ހިންގާ ސަނާބިލް ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކް އިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފިއެވެ. 

ޖޫން 2024 ގައި އައިޔޫއެމް އިން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ، ޙަސަން ކަލާމް ވިދާޅުވީ "މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިންގ އަދި ފައިނޭންސިންގެ ދާއިރާ ކުރިއަރުވައި، ހަމައެއާއެކު އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކް އިން ސާބިތުކަމާއެކު ތިބިކަމުގެ ވަރަށް ވަރުގަދަ ހެއްކެއް. މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. އަދި ހަމައެހެންމެ އިލްމީ އިޤްތިޞާދެއް ގާއިމްކުރުމަށް އެހީވެގެންދާނެ."

ބީއެމްއެލް އިސްލާމިކް އިން އަންނަނީ  އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ހިދުމަތްދެމުންނެވެ.

މިއަދު އޮންލައިން