ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ޖީޕީއީ ގެ ފަރާތުން 146.5 މިލިޔަން ރުފިޔާގެ ހިލޭ އެހީދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ޖީޕީއީ ގެ ފަރާތުން 146.5 މިލިޔަން ރުފިޔާގެ ހިލޭ އެހީދީފި

ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިއުކޭޝަން (ޖީޕީއީ) ގެ ފަރާތުން 146.5 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ރާއްޖެއަށް ދީފިއެވެ. މި އެހީގެ ދަށުން "ތަޢުލީމަށް އިންގިލާބީ ބަދަލު" ގެ ނަމުގައި ޕްރޮގްރާމެއް އިއްޔެ އިފްތިތާޙް ކުރެވުނެވެ.

މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. ޖީޕީއީގެ ހިލޭ އެހީގެ ދަށުން ތަފާތު 3 ގްރާންޓެއް ހިމެނޭހެން 9.5 މިލިޔަން ޑޮލަރު ނުވަތަ 146.5 މިލިޔަން ރުފިޔާގެ އެހީ ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް ދީފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އޯލެވެލުން ފާސްވާ ދަރިވަރުންގެ އިންސައްތަ 50 އިންސައްތައަށްވުރެ މައްޗަށް ނާރާކަމަށެވެ. އަދި ތަޢުލީމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު މިއީ ބޮޑު ކަންބޮޑުވުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ އޭލެވެލް ނިންމާ ދަރިވަރުން ޔުނިވަރސިޓީ ތަޢުލީމާ ގުޅޭ ޢަދަދުވެސް ވަރަށް ދަށްކަމަށާއި، މިއީ ގޮންޖެހުމެއް ކަމަށެވެ. އަދި މިއީ އަޅާލުނާ ދޫކޮށްލެވޭވަރަށްވުރެ ބޮޑު މައްސަލައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ 2015 އިން ފެށިގެން 2024 އާ ހަމައަށް ގްރޭޑް ތިނެއްގެ އިނގިރޭސި ފިޔަވާ އެހެން މާއްދާތައް ހުރީ ދަށްކޮށްކަމަށެވެ. އަދި ދަރިވަރުންގެ ހިސާބާއި ލިޓްރެސީ މާއްދާއިން ފާސްވާ އިންސައްތަ ނުހިފެހެއްޓޭނަމަ އޭގެ އަސަރުކުރާނީ ސާނަވީ މަރުހަލާގެ ނަތީޖާއަށްކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއަދު އޮންލައިން