މަހަށް ފުރުމަށް ހިތްވަރު ދިނުމަށް ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މަހަށް ފުރުމަށް ހިތްވަރު ދިނުމަށް ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރަނީ

މަސްވެރިންނަށް މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރުމަށް މިފްކޯއިން ނިންމައިފިއެވެ. މި ޚިދުމަތް ފޯރުކޮށްދޭނީ މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުންނެވެ.

މިކަމާގޫޅިގެން މިފްކޯއިން ބުނީ، މަސްވެރިންނަށް އައިސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނެއްގެ ސްޓޮކް ހުސްވަންދެން ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ދަށްވުމަށްފަހު، މިހާރު މަސްވެރިކަން ރަނގަޅުވާން ފަށާފައިވާތީއެވެ. އަދި މިފްކޯއަށް ކިރާ މަހުގެ މިންވަރުވެސް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، މަސްވެރިކަން ދަށް ދުވަސްތަކެއް ދިޔަނަމަވެސް މިދިޔަ ދެ ހަފްތާގެ ތެރޭގައި މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ފިޔަވަޅަކީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށާއި، މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން