ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: މިނިސްޓަރ

ރައްޔިތުންނަށް ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފަސްޖެހި ދޫކޮށްލާނެ ކަމެއް ނޫންކަމަށާއި ޤާނޫނުގެ ތެރެއިން އަދަބު ކަނޑައެޅިފައިވާ ގޮތަށް ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހުނު ކޮންމެ ފިވަޔަޅެއް އަޅުއްވާނެ ކަމަށް މިނިސްޓަރ ޑރ.އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ކާބޯތަކެތީގެ ޤާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި އެކުލެވާލެވިފައިވާ ގާނޫނެއް ކަމަށެވެ. އަދި މިޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް އަދަބުތަކެއް ކަނޑައެޅިފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އަދަބުތަކުގެ ތެރޭގައި ޖޫރިމަނާކުރުމާއި ޖިނާއި ކުށުގެ ދައުވާ ކުރެވޭއިރު، ބިދޭސީ މަސައްކަތްތެރި އެއްނަމަ އެމީހާ ޑީޕޯޓްކޮށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

" 10،000 އިން ފެށިގެން 50،000 ރުފިޔާ ދެމެދު އެބަލިބޭ ޖޫރިމަނާ ކުރުމަށްޓަކައި .އެންމެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި މި އޮންނަނީ އެއް މިލިއަން އާ ހިސާބަށް ޖޫރިމަނާ ކުރެވޭ ގޮތަށް މި ޤާނޫނުގައި ފަރުމާކުރެވިފައި"މިނިސްޓަރ ވިދާޅުވިއެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މޭމަހުގެ 23ވަނަ ދުވަހުއެވެ. މިޤާނޫނަށް އަމަލުކުރުމަށް ފަށާނީ މިމަހުގެ 23ވަނަ ދުވަހުން ފެށިގެންނެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރަން މަޖްބޫރުވާނެއެވެ.

އެގޮތުން ކާބޯތަކެތީގެ މަސައްކަތްކުރާ ހުރިހާ ތަނެއް މިޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ލައިސެންސް ހޯދަންޖެހޭނެއެވެ.

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން