ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކޮށްފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް އަލަށް ތިން މެންބަރުން ޢައްޔަންކޮށްފިއެވެ. މިކަން ހާމަކޮށްދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ.

ނޫސްބަޔާނުގައިވާ ގޮތުން، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ދިވެހިރާއްޖެ، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގެ ތިން ބޭފުޅުންނެވެ. އެއީ މއ. ވޭސައިޑް 805 ފްލެޓްގެ އަލްފާޟިލް އަޙްމަދު ޢަލީ އާއި، ރިޕަބްލިކް އޮފް ސިންގަޕޫރުގެ މިސްޓަރ ސަޢީދު ޢަބްދުއްނާޞިރު ބިން ސަޢީދު ޙަސަން އަލް ޖުނެއިދު އަދި އުނައިޓެޑް ކިންގްޑަމްގެ މިސްޓަރ ރޮބަރޓް ޑެނިއެލް ކާންޓެވެ.

މި ތިން މެންބަރުން ޢައްޔަންކުރުމާއެކު ބޭންކުގެ ބޯޑަށް އިތުރު ހަރުދަނާކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެކި ގައުމުތަކުގެ ތަޖުރިބާކާރުން ބޯޑުގައި ހިމެނުމުން ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން