މާލޭގައި ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރިކުރަމުންދިޔަ 26 ބިދޭސީން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ހޯމަ ދުވަހު (19 އޮގަސްޓު 2024) އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.

އޮޕަރޭޝަނުގައި މ. ތްރީ މޫން އާއި ގ. މޫން ލައިޓް ވަނީ ބަލައި ފާސްކޮށްފައެވެ. މ. ތްރީ މޫނުން 10 ބިދޭސީން ހައްޔަރުކޮށްފައިވާއިރު، ގ. މޫން ލައިޓުން 16 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
ގ. މޫން ލައިޓުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ޚާއްސަކޮށްގެން ކެފޭގެ ޚިދުމަތް ދެމުންދިޔަކަން އިމިގްރޭޝަނުން ފާހަގަކުރެއްވިއެވެ. އަދި މި ޢިމާރާތުގެ ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކްތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ހައްޔަރުކުރެވުނު 26 ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބައެއްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މި މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން @PoliceMv އާއެކު މިދިއަ ހޯމަ ދުވަހު (19 އޮގަސްޓު 2024) ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައި. މި ރެއިޑުގައި… pic.twitter.com/V1PRp5u9U4
— Maldives Immigration (@ImmigrationMV) August 22, 2024
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން @PoliceMv އާއެކު މިދިއަ ހޯމަ ދުވަހު (19 އޮގަސްޓު 2024) ހިންގުނު ރެއިޑުގައި، ގ. މޫން ލައިޓް ވަނީ ބަލައި ފާސްކޮށްފައި. މިތަނުގެ 1 ވަނަ ފަންގިފިލާގައި… pic.twitter.com/rwTA2Yeinr
— Maldives Immigration (@ImmigrationMV) August 22, 2024