ކެނދިކޮޅުދޫ ކައުންސިލުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާ ބައްދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކެނދިކޮޅުދޫ ކައުންސިލުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާ ބައްދަލުކޮށްފި

ކެނދިކޮޅުދޫ ކައުންސިލުން މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ބައްދަލުކޮށްފިއެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، ކެނދިކޮޅުދޫގެ ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް މިހާރު ކުރިއަށް ގެންދާ 'ޖޫނިއަރ ކޮލެޖް' ޕްރޮޖެކްޓާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ޒުވާނުން ތަމްރީނުކުރުމަށް އެންމެ މުހިއްމު ދާއިރާތަކާއި، ދިވެހިރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ކެނދިކޮޅުދޫ ކައުންސިލް އިން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު، ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ހިލާލް އަދި ޑައިރެކްޓަރ ޖެނެރަލް ފާތިމަތު ޝިފްޒާ ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކެނދިކޮޅުދޫ ކައުންސިލްގެ ފަރާތުން އެކައުންސިލްގެ ބައެއް އިސްބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަކީ އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމާއި، ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް އެކި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާ ވުޒާރާއެކެވެ.

މިއަދު އޮންލައިން