ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ވަގުތުން ބަންދުކުރާނެކަމަށް ވަޒީރު އިހްސާން ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ވަގުތުން ބަންދުކުރާނެކަމަށް ވަޒީރު އިހްސާން ވިދާޅުވެއްޖެ

ގަވާއިދާ ޚިލާފަށް ހިންގާތަންތަން ވަގުތުން ބަންދުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން ވިދާޅުވީ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރޭގައި ސްޕާތަކުގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މިކަމުގައި ހިމެނޭ ބިދޭސީން ހައްޔަރުކޮށް އިމިގްރޭޝަންގެ ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، ޓާސްކް ފޯހަށް ގެނެވުނު ބަދަލުތަކާއެކު މީގެ ފަހުން ބިދޭސީ މީހާ ހައްޔަރުކުރުމުގެ އިތުރުން މިފަދަ ތަންތަން ބަންދުކޮށް ތަނުގެ ވިޔަފާރިވެސް ބަންދުކުރާނެ ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ. އަދި ބިދޭސީން ނާޖާއިޒު ފައިދާ ނަގާ މާލީ މަންފާ ހޯދުމަކީ ގައުމަށް އިންތިހާއަށް ބޮޑު ގެއްލުންވާނެ ކަމަކަށްވާތީ މިފަދަ ކަންކަން ނުކުރުމަށް ވަޒީރު އިހްސާން ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"މީގެކުރިން އަޅުގަނޑުމެން މީހާ ނަގައިގެން އަންނަނީ ތަން ހުންނަނީ. ދެން އެތަން އެހެން ހުއްޓައި އެހެން މީހަކު ވަދެ ވިޔަފާރި ފައްޓާ މައުލޫމާތު އަޅުގަނޑުމެންނަށް އެބަލިބޭ. މިހާރު އަޅުގަނޑުމެން މިގެނައި ބަދަލަކީ ސިއްހީ ކަންކަމާއި ރިލޭޓޭޑް ކަމެއްވެއްޖިއްޔާމު އެޗްޕީއޭ ނުވަތަ ފުޑް އެންޑް ޑްރަގް އޮޓޯރިޓީ ގުޅޭ އެޖެންސީއަކުން އެތަނުގައި ބަންދު ނޯޓިސް ޖަހައި އެ ނޯޓިސްއަށް އަތްލުމަކީ އެހިސާބުން ޤާނޫނީ ކުށަކަށްވާނެ." ވަޒީރު ވިދާޅުވިއެވެ.

މި އައު ފިޔަވަޅުތަކުގެ ސަބަބުން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކަށް ހުރަސްއެޅި، ރައްޔިތުންގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތައް ކުޑަވާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން