ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގައި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިކަމާއިގުޅިގެން ރައީސް ޑރ.މުޢިއްޒު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގައި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން ހޯދި ކާމިޔާބީއަށް މަރުޚަބާއާއި ތަހުނިޔާ ދަންނަވާކަމަށެވެ.
މިމަހުގެ 17 ގައި ފެށި މިމުބާރާތުގައި އޭޝިއާގެ 20 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.
— Dr Mohamed Muizzu (@MMuizzu) August 22, 2024