ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ލޯބި އިތުރުކޮށްދެއްވެވުން އެދިގެން ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ލޯބި އިތުރުކޮށްދެއްވެވުން އެދިގެން ކުރަން އޮތް ދުޢާ-

ކޮންމެ މުސްލިމެއްގެ ހިތުގައިވެސް ލޯބި އެންމެ ބޮޑަށް އޮންނަން ޖެހޭނީ ﷲ ތަޢާލާއަށެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވުމަށް އެދޭނެ މީހެކެވެ. ވީމާ މިފަދަ ދުޢާތައް ކުރެއްވުން ގިނަކުރައްވަވާށެވެ! 

މިއީ ހިތްޕުޅުގަ ﷲ އަށް ލޯބި އިތުރުކޮށްދެއްވެވުން އެދިވަޑައިގެން ދާވޫދުގެފާނު ކުރެއްވެވި ދުޢާއެވެ.  

26/1490وعن أَبي الدَّرداءِ t، قَالَ: قَالَ رَسولُ اللَّهِ ﷺكانَ مِن دُعاءِ دَاوُدَ صَلّى اللهُ عَلَيْهِ وسَلَّم: "اللَّهمَّ إِنِّي أَسْأَلُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، وَالعمَل الَّذِي يُبَلِّغُني حُبَّكَ، اللَّهُمَّ اجْعل حُبَّكَ أَحَبَّ إِلَيَّ مِن نَفسي، وأَهْلي، ومِن الماءِ البارِدِ

روَاهُ الترمذيُّ وَقَالَ: حديثٌ حسنٌ. 

ޙަދީޘްފުޅުގައި ހިމެނޭ ދުޢާ: 

"اللَّهمَّ إِنِّي أَسْأَلُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، وَالعمَل الَّذِي يُبَلِّغُني حُبَّكَ، اللَّهُمَّ اجْعل حُبَّكَ أَحَبَّ إِلَيَّ مِن نَفسي، وأَهْلي، ومِن الماءِ البارِدِ 

ޙަދީޘްފުޅުގައި ހިމެނޭ ދުޢާގެ މާނަ: 

ޔާ ﷲ! އިނބަ ﷲ ގެ ލޯބި (ލޯބިފުޅުވެވޮޑިގަތުން) މިއަޅާއަށް ދެއްވަވައިފާނދޭވެ! އިނބަ ﷲ ދެކެ ލޯބިވާ އަޅުތަކުންގެ ލޯބި މިއަޅާއަށް ދެއްވަވައިފާނދޭވެ! އަދި އިނބަ އިލާހްގެ ލޯބިވެވޮޑިގަތުމާއި ހަމައަށް ވާސިލުވެވޭފަދަ ޢަމަލެއް މިއަޅާއަށް ދެއްވަވައިފާނދޭވެ! އަދި މިއަޅާގެ އަމިއްލަ ނަފްސާއި މިއަޅާގެ އަހުލުވެރިން ދެކެ މިއަޅާ ވާ ލޯތްބަށްވުރެ، އިނބަ ﷲ ދެކެ ވާ ލޯބި  މިއަޅާގެ ހިތުގައި ލޯބިވެތިކުރައްވަވައިފާނދޭވެ! އަދި ފިނި ފެން ދެކެ މިއަޅާ ލޯބިވާވަރަށްވުރެ އިނބަ ﷲ ދެކެ ވާ ލޯބި މިއަޅާގެ ހިތުގައި އިތުރުކުރައްވަވައިފާނދޭވެ!"  

ޙަދީޘްފުޅުގެ މާނަ:  

ﷲ ރުއްސުން ލެއްވެވި އަބޫ ދަރުދާއު ވިދާޅުވިއެވެ. "ﷲގެ ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. ދާވޫދު ޢަލައިހިއްސަލާމް ކުރެއްވެވި ދުޢާގެ ތެރޭގައި ވިއެވެ. ޔާ ﷲ! އިނބަ ﷲ ގެ ލޯބި (ލޯބިފުޅުވެވޮޑިގަތުން) މިއަޅާއަށް ދެއްވަވައިފާނދޭވެ! އިނބަ ﷲ ދެކެ ލޯބިވާ އަޅުތަކުންގެ ލޯބި މިއަޅާއަށް ދެއްވަވައިފާނދޭވެ! އަދި އިނބަ އިލާހްގެ ލޯބިވެވޮޑިގަތުމާއި ހަމައަށް ވާސިލުވެވޭފަދަ ޢަމަލެއް މިއަޅާއަށް ދެއްވަވައިފާނދޭވެ! އަދި މިއަޅާގެ އަމިއްލަ ނަފްސާއި މިއަޅާގެ އަހުލުވެރިން ދެކެ މިއަޅާ ވާ ލޯތްބަށްވުރެ، އިނބަ ﷲ ދެކެ ވާ ލޯބި  މިއަޅާގެ ހިތުގައި ލޯބިވެތިކުރައްވަވައިފާނދޭވެ! އަދި ފިނި ފެން ދެކެ މިއަޅާ ލޯބިވާވަރަށްވުރެ އިނބަ ﷲ ދެކެ ވާ ލޯބި މިއަޅާގެ ހިތުގައި އިތުރުކުރައްވަވައިފާނދޭވެ!"

މިއަދު އޮންލައިން