ސަމާލުވޭ!: ދެމަފިރިން ކަމުގަވީނަމަވެސް މިއީ ކުރެވޭ ބޮޑުފާފައެއް! ފާފަވެރިވުމުގެ އިތުރުން ކައިވެނި ރޫޅި މީހާ މުޅި ޢުމުރަށް ފަޟީޙަތްވާ ނަޖިސް ޢަމަލެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސަމާލުވޭ!: ދެމަފިރިން ކަމުގަވީނަމަވެސް މިއީ ކުރެވޭ ބޮޑުފާފައެއް! ފާފަވެރިވުމުގެ އިތުރުން ކައިވެނި ރޫޅި މީހާ މުޅި ޢުމުރަށް ފަޟީޙަތްވާ ނަޖިސް ޢަމަލެއް!: މުފްތީ މެންކް

މިހާރަކަށް އައިސް ސޯޝަލްމީޑިއާ ބޭނުންކޮށްގެން ކަންކަން ކުރަން ފަސޭހަވެފައިވާތީ ނުއެނގިތިބެ ބޮޑެތި ފާފަތައް ކުރެވޭ މީހުންވެސް އަންނަނީ ގިނަވަމުންނެވެ. އެހެންވެ ބައެއް ދެމަފިރިންނަށް ކުރެވޭ ވަރަށް ބޮޑު ފާފައެއް ފާހަގަކޮށްލާނަމެވެ. 

އެފާފައަކީ ދެމަފިރިން ދުރުގައި (ދުރު 2 ސަރަޙައްދެއްގައި) ތިބެންޖެހިއްޖެނަމަ ބަރަހަނާ ކޮށް ތިބެ ވީޑިއޯ ކޯލް ކުރުމާއި އެފަދަ ފޮޓޯ ފޮނުވުމެވެ. މިއީ ދެމަފިރިން ކަމުގައިވީނަމަވެސް ކުރުން ހުއްދަ ކަމެއް ނޫނެވެ. ކުރެވޭ ބޮޑު ފާފައެކެވެ.  

އެފަދަ ކަންކަމަކީ ބޮޑު ފާފައެއްގެ އިތުރުން ޒަވާޖީހަޔާތަށް ލެވޭ ޒަހަރަކަށްވެސް ވެއެވެ. އެކަންވާގޮތްވެސް ކިޔައިދޭނަމެވެ.  

ވީޑިއޯ ކޯލުގައި ތިމާ ކެތްތެރިވާނެ ކަމަށް ބުނެ ވައުދުވެސްވާނެއެވެ. ނަމަވެސް ގިނަ ބައަކަށް އޮންނަނީ ކެތްތެރި ނުވެވިފައެވެ. ފެނުނު މަންޒަރުތަކުން ހިތުގައި އުފެދޭ ޖަޒުބާތުތައް އޮންނަނީ ކޮންޓްރޯލު ނުކުރެވިފައެވެ. އެވަޤުތު ޝައިޠޯނާ ވަސްވާސްދޭނެއެވެ. ފާފަކުރުމަށެވެ. ދުރުގައި ތިބުމުން ބައިވެރިޔާއަށް ނުއެނގޭނެކަމަށްވެސް ބުނާނެއެވެ. ގިނަ ފަހަރު އޮންނަނީ ޝައިޠޯނާގެ ކޮޅު ކާމިޔާބުކޮށްފައެވެ.  

އެހެންވެ އޮންނަނީ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ބޮޑެތި ފާފަތައް ކުރެވިފައެވެ. އެކަމުގެ ތެރެއިން ދެން ހިނގާ ކަންތައްތަކުގެ ސަބަބުން ނުހަނު ލޯބިން ދިރިއުޅެމުން އައި ދެމަފިރިން އޮންނަނީ ވަކިވާންޖެހިފައެވެ. އެއިރުން ޝައިޠޯނާއަށް ޙާޞިލުއެކުރެވުނީ ޝައިޠޯނާ އެންމެ ބޮޑަށް ބޭނުންވާ ކަންތަކެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިފަދަ ކަންކަމަށް ހޭލުންތެރިވާށެވެ. ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް މިފަދަ ފާފަތައް ނުކުރާށެވެ! ކުރެވުމުން މެދުވެރިވާ ހިތާމަވެރި ކަންކަން މިކިޔައިދިނީއެވެ. އަދި އެއިގެ އިތުރުން އެފަދަ ފާފަތައް ކުރެވުމުން ޢުމުރަށް ފަޟީޙަތްވާންވެސް އެބަ ޖެހެއެވެ. ބްލެކްމޭލްވާންވެސް އެބަޖެހެއެވެ. މިހުރީ ޤިޔާމަްތ ދުވަހު ކުރިމަތިވާންހުރި ގަދަފަދަ ޢަޛާބުގެ އިތުރުން ދުނިޔޭގައިވެސް ކުރިމަތިލާންޖެހޭނެ ބޮޑެތި މައްސަލަތަކެވެ. ކުރިމަތިލާންޖެހޭ ހިތާމަތަކެވެ.  

މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން