މަރަށް ބިރު ނުގަނެވިގެން މިއުޅެނީ މަރުގެ މަލާއިކަތުން ކާފިރުންގެ ފުރާނަ ހިއްޕަވާ ވަގުތު އޭނާގެ އިޢްތިރާފް ހޯއްދަވަން ކުރައްވަވާ ސުވާލުތަކުގެ އަޑު ނުއިވޭތީ! އިވޭނަމަ ބިރުން ވިރޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މަރަށް ބިރު ނުގަނެވިގެން މިއުޅެނީ މަރުގެ މަލާއިކަތުން ކާފިރުންގެ ފުރާނަ ހިއްޕަވާ ވަގުތު އޭނާގެ އިޢްތިރާފް ހޯއްދަވަން ކުރައްވަވާ ސުވާލުތަކުގެ އަޑު ނުއިވޭތީ! އިވޭނަމަ ބިރުން ވިރޭނެ!

މީސްތަކުންނޭވެ! ކާފިރުންގެ މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ކާފިރުންގެ މަރުހިއްޕެވުމުގެ ކުރިން އެމީހުންނާއި ސުވާލުކުރައްވަވައި އެމީހުންނަކީ ﷲ ތަޢާލާއަށް އުރެދި ކާފިރުވީ މީހެއް ކަމުގެ އިޢްތިރާފް ހޯއްދަވަތެވެ!

މަލާއިކަތުންނާއި މަރުވާ މީހާ އާއި ދެމެދުގައި ދެކެވޭ މިވާހަކަތަކުގެ އަޑު އަހަރެމެންނަށް އިވޭނެ ނަމަ ބިރުން ކުދިކުދިވީހެވެ! ބިރުން ވިރިގެންދާނެއެވެ. ހަމައެކަކުވެސް ﷲ ތަޢާލާއަށް އުރެދި ކާފިރެއް ނުވީހެވެ! ﷲ ތަޢާލާގެ އެންމެ އަމުރުފުޅަކަސްވެސް ނުކިޔަމަންތެރިނުވީހެވެ؟

ކާފިރުންގެ މަރު ހިއްޕަވާ ވަގުތު ކަންކަން ހިނގާނެ ގޮތް ކީރިތި ޤުރްއާނުގެ އަލްއައްރާފް ސޫރަތުގެ 37 ވަނަ އާޔަތުގައި އެވަނީއެވެ!

"....އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. ﷲ ފިއަވައި ތިއަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ ކާފިރުން ކަމުގައި އެއުރެންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ".

"ﷲ އާއިމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ މަލާއިކަތުން ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. ﷲ ފިއަވައި ތިއަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ ކާފިރުން ކަމުގައި އެއުރެންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ".

(އަލްއައްރާފް: 37)

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާއަށް އުރެދުމުންވެސް ފާފަކުރުންމަތީގައި މަރުވުމާއި ހަމައަށް ކާފިރެއްގެ ގޮތުގައި ހުރުމުގެ ފުރުޞަތު ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާކަމެވެ!"ﷲ އާއިމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ މަލާއިކަތުން ވަޑައިގެންފުމަށް ދާނދެނެވެ." އޮތް ބަސްފުޅުން މިކަންކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން