މުޅި ނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން: ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މުޅި ނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން: ސަޢީދު

މުޅި ނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީންކަމަށް އިކޮނޮމިކް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ސަޢީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް، ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރެއްވުމާ ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ސަޢީދު އިތުރަށް ވިދާޅުވީ، 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް ދިވެހި ޤައުމުގެ އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ ތެރޭގައި މިނިސްޓަރުކަމުގައި ހުނެނެވި ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާ މުހިއްމު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން