ޖިންނި އަންހެނުންނާއި އަދި ޖިންނި ފިރިހެނުންނާއިވެސް ކައިވެނިކޮށްގެން އުޅުނު ކަމުގެ ވާހަކަތަކަކީ ކުރީ ޒަމާނުގައި ދެކެވުނު ވާހަކަތަކެކެވެ. އެފަދަ ކަންކަން ތަޖުރިބާ ކުރި ބައެއް ދާދި ފަހަކާއި ޖެހެންދެން އަޅުގަނޑުމެންގެ ތެރޭގައިވެސް އުޅުނުކަމަށް ބުނެއެވެ. މިހާރުވެސް ޖިންނިގެ އުނދަގޫތައް އެކި ގޮތްގޮތަށް ފޯރާ ބައެއް މީހުން އެބައުޅެއެވެ.
ކޮންމެއަކަސް ތިރީގައި އެވަނީ ޖިންނި އަންތބަކަށް ބޭވަފާތެރިވި ފިރިއަކަށް ދިން ބޮޑު އަދަބުގެ ވާހަކައެވެ. ފިރިމީހާގެ މުޅި ޢުމުރަށްވެސް އަންހެނަކަށް ބޭނުންނުވާނެ ގޮތް ހެދިވާހަކައެވެ.
ކޮންމެ ރެއަކުވެސް އެކުއްޖާ ގޭދޮށުގެ ކޮންމެވެސް ހިސާބަކުން ފެނެއެވެ. އެއީ އާދައާ ޚިލާފަށް ރީތި ކުއްޖެކެވެ. އެހެންވެ ވަރަށް ގިނަރޭމަތިން މަސައްކަތްކޮށްގެން އެކުއްޖާ އާއި ވާހަކަ ދައްކައިލުމުގެ ފުރުޞަތު ހޯދާފައި އޭނާގެ ރީތިކަމަށް ތަޢްރީފްކޮށްފައި އޭނާދެކެ ވަރަށް ލޯބިވާކަމަށް ބުންޏެވެ.
އެކުއްޖާ ބުނީ އޭނާ ޤަބޫލުކުރާ ގޮތުގައި ލޯތްބަކީ ތެދުވެރިވުން ކަމަށެވެ. ދުވަހަކުވެސް ބޭވަފާތެރިނުވެ ތެދުވެރިވާން އެއްބަސްވެއްޖެ ނަމަ ކައިވެނިކޮށްފާނެ ކަމަށާއި ދުވަހަކު ކޮޅުންވެސް ބޭވަފާތެރިވެއްޖެ ނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.
އެގޮތަށް އެއްބަސްވެގެން ކައިވެނިކޮށްގެން 4 ވަނަ މަހު އަނބިމީހާއަށް ގެއަށް އާދެވުނުއިރު ފިރިމީހާ އުޅެނީ ހިލޭ އަންހެނަކު ވައްދައިގެންނެވެ. ތިބީވެސް ގުޅުން ހިންގާށެވެ. ވީދެރައިންނާއި ގަތްބިރުން ގެއިން ނުކުމެ ދުއްވައިގަތެވެ. ދުވެމުންގޮސް ވަރުބަލިވުމުން ހުއްޓޭއިރަށް އަނބިމީހާ ކުރިމަތީގައި ހުރެއެވެ.
ގައިން އެކުގައި ހަކަތަ ހުސްވެގެން ހުއްޓުމުން އަނބިމީހާ ސުވާލުކުރިއެވެ. "ކޮބާ ކައިވެނީގެކުރިން ކަލޭވީ ވައުދު ހަނދާން އެބަހުރިހެއްޔެވެ؟" ޖަވާބުގައި އާނއެކެވެ ބުނެފައި މާފަށް އެދި އާދޭސްކުރުމުން ބުނީ ޚިޔާނާތްތެރިންނަށް މާފުކުރުން އަހަރެމެންގެ ފޮތުގައި ނުއޮންނަ ކަމަށެވެ.
އެހެން ބުނެފައި އުނަގަނޑާއިދިމާއަށް އަތްތިލައިގެ ހުދުފުށް ދިއްކޮށްލާފައި މުށްމަޅާލާފައި އަނގައަށްލައި ކޮންމެވެސް އެއްޗެއް ކައިލިހެން ހީވިއެވެ. އެހިސާބުން އަނބިމީހާ ގެއްލިއްޖެއެވެ. ވީގޮތެއްވެސް ނުއެނގުނެވެ.
ގަތްބިރުން މަޑުމަޑުން ހިނގާފައި ގެއަށް ގޮސް ފެންވަރަންވެގެން ބަލައިލިއިރު ގުނަވަނެއް ނެތެވެ. ވީގޮތެއްވެސް ނުއެނގުނެވެ. ކަންބޮޑުވީވަރުން ފެންވަރައިގެން ފުރަތަމަވެސް ދިއައީ ފަންޑިތަހަދާ މީހެއްގެ ގާތަށެވެ. އޭނާގެ ވާހަކަތައް އަޑުއަހާފައި އަދި ލޮލުން ބަލާފައި އޭނާ ބުންޏެވެ.
"ކަލެއަށް ކައިވެނިކޮށްގެން ތިއަ އުޅެވުނީ ޖިންނިކުއްޖަކާއެވެ. ކަލޭގެ ވައުދުއުވާލީމާ އަދަބުދިނީއެވެ. އޭނާ އެކައިލީ ކަލޭގެ ގުނަވަނެވެ. ރަނގަޅުކުރަން ކުރެވޭނެ ހަމައެއްވެސް ކަމެއް ނެތެވެ. ދެންވެސް ހަށިރައްކަލަށް ކުރަންޖެހޭ ކަންކަންކޮށްގެން އުޅެވޭތޯ ބަލާށެވެ!"
މިއީ އަޅުގަނޑު ބެލި ފިލްމެކެވެ. ތަފްޞީލުގައި ބުނެފައިވަނީ މިއީ ކުރީ ޒަމާނުގައި ފަޤީރު އަވަށެއްގައި ހިނގާފައިވާ ކަމެއް ކަމަށެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަންބޭނުންވަނީ ބޭވަފާތެރިވުމުން ޖިންނި ދޭ އަދަބު މާބޮޑު ނޫންތޯއެވެ؟ ޚިޔާނާތްތެރިވާ މީހުންނަށް ފިލާވަޅަކަށްވާނެ ކަމަށް ހީކުރަމެވެ.
- ޢަޒީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް