ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާލޭގައި: ދިވެހިބަހާ ބެހޭ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާލޭގައި: ދިވެހިބަހާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު އޮންނާނީ މާލޭގައިކަމަށް ދިވެހިބަހާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. އެހެންނަމަވެސް، ކުރީގެ އަހަރުތަކެކޭ އެއްގޮތަށް ހއ. އުތީމުގައިވެސް ދުވަހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެއިތުރުން، ށ. އަތޮޅު ކައުންސިލުގެ އިސްނެގުމުގެ ދަށުން އެ އަތޮޅުގެ މާއުނގޫދޫގައިވެސް ޤައުމީ ދުވަސް ފާހަގަކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް ދިވެހިބަހާ ބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ. މާއުނގޫދޫގައި ބޭއްވޭ ހަރަކާތްތަކުގެ ތެރޭގައި ދުވަހުގެ ޚާއްޞަ ޖަލްސާއެއްގެ އިތުރުން ސަގާފީ ކުޅިވަރުތަކާއި ދިވެހި ކެއުންތައް ހިމެނޭ ޖާފަތެއް ހިމެނެއެވެ. މި ހަރަކާތްތަކުގައި ދިވެހިބަހުގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލްމަހުގެ 1 ވަނަ ދުވަހެވެ. މިއަހަރު މި ދުވަސް ފާހަގަކުރެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވި ދުވަހާ ގުޅިގެންނެވެ.

މިއަދު އޮންލައިން