ބީއެމްއެލް އިން ޑޮލަރު ލިމިޓްކުރަން ނިންމީ ސީދާ ރައީސްގެ އެންގެވުމާ ދެކޮޅަށް: އިޤްތިޞާދީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބީއެމްއެލް އިން ޑޮލަރު ލިމިޓްކުރަން ނިންމީ ސީދާ ރައީސްގެ އެންގެވުމާ ދެކޮޅަށް: އިޤްތިޞާދީ ވަޒީރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ލިމިޓްކުރަން ނިންމާފައިވަނީ ސީދާ ރައީސްގެ އެންގެވުމާ ދެކޮޅަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ "ބީއެމްއެލްގެ އެ ނިންމުމަކީ ސީދާ ރައީސްގެ އެންގެވުމާ ދެކޮޅަށް ނިންމި ނިންމުމެއް. އެތަށް ދަރިވަރުންނާ ވިޔަފާރިތަކަށް އޭގެ ގެއްލުން ކުރިމަތިވާނެ ނިންމުމެއް،" ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކޯޕަރޭޓް ގަވަނަންސްގެ ދަށުން ސަރުކާރު ކުންފުނިތައް ހިންގުމުގައި ސަރުކާރުގެ ނުފޫޒެއް ނޯންނާނެ ނަމަވެސް، ރާއްޖެއަށް ކާޑާއި ތެޔޮ ގެނައުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް އަސަރުކުރާފަދަ ނިންމުންތަކުގައި ސަރުކާރުން ބަސް ބުނާނެ ކަމަށެވެ.

ބީއެމްއެލްއިން ފުރަތަމަ ނިންމާފައިވަނީ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށެވެ. ނަމަވެސް މި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވުމާ ގުޅިގެން ބީއެމްއެލްއިން ވަނީ އެ ނިންމުން ފަހުން ބަދަލުކޮށްފައެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިހާރު ބީއެމްއެލްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު މި މައްސަލައާ ގުޅޭގޮތުން މުޢާމަލާތްކުރަމުންދާ ކަމަށެވެ.

މި ނިންމުމަކީ ރައްޔިތުންނަށް ދަތިވާގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން