އިސްރަށްވެހިންގެ ނާދީގެ "ހަފްތާ ކަލަންޑަރ" އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
އިސްރަށްވެހިންގެ ނާދީގެ "ހަފްތާ ކަލަންޑަރ" އާންމުކޮށްފި

2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 25 އިން އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި 25 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:45-10:45 އަށް އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމް ކުރިއަށްދާނެއެވެ. އަދި އިސްރަށްވެހިންގެ ނާދީގެ ކްލަބް ބައްދަލުވުން 16:15-17:30 އަށް އޮންނާނެއެވެ. ހަމައެއާއެކު، އެދުވަހުގެ 16:15-17:30 އަށް ޅެންވެރިކަމުގެ ކްލާސް ކުރިއަށް ގެންދެވޭނެއެވެ.

26 އޮގަސްޓް ވާ ހޯމަ ދުވަހު އިސްރަށްވެހިންގެ ނާދީގެ ކްލަބް ބައްދަލުވުން 16:15-18:00 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި، ހަމަ އެދުވަހު މުޢާމަލާތްކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ސެޝަނެއް 20:00-21:30 އަށް އޮންނާނެއެވެ.

27 އޮގަސްޓު ވާ އަންގާރަ ދުވަހު 16:15-18:00 އަށް މާޖަހަން ދަސްކޮށްދޭ ކްލާހުގެ އިތުރުން، 16:15-17:30 އަށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ޕްރެކްޓިސް ކުރިއަށް ގެންދެވޭނެއެވެ.

އެއަށްފަހު، ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 9:45-10:45 އަށް އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމަކާއި، 16:00-17:30 އަށް ޞިއްޙަތަށް ފައިދާހުރިކާނާ ތައްޔާރުކުރަން ދަސްކޮށްދޭ 4 ވަނަ ކްލާސް އޮންނާނެއެވެ. އަދި އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައި 17:30-18:00 އަށް ކުރިއަށް ގެންދެވޭނެއެވެ.

ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ 16:15-17:00އަށް، އިސްރަށްވެހިންނަށް ޚާއްސަ "ގޯލްޑް" ކަސްރަތު ޕްރޮގްރާމް އޮންނާނެއެވެ. އަދި 17:00-18:00 އަށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ޕްރެކްޓިސް ކުރިއަށް ދާނެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން