ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެޗްއާރް ގައިޑްލައިން އެކުލަވާލުމަށް މަޝްވަރާ ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެޗްއާރް ގައިޑްލައިން އެކުލަވާލުމަށް މަޝްވަރާ ފަށައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެޗްއާރް ގައިޑްލައިނާ ގުޅޭ ގޮތުން މަސްލަހަތުވެރިންގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުން އިއްޔެ ފަށައިފިއެވެ.

މި ބައްދަލުވުމަކީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތަކާ ގުޅޭ ގައިޑްލައިނެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

ޕީސީބީން ވިދާޅުވީ އަލަށް އެކުލަވާލެވޭ ހިއުމަން ރިސޯސަސް ގައިޑްލައިނާއެކު ކުންފުނިތަކަށް ނުކަތާ ވަރަށް މުވައްޒަފުން ނެގުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ބޭކާރު ޚަރަދުކުރުމާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުވައްޒަފުން ނެގުމާއި މުސާރަ ދިނުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ. މީގެއިތުރުން ކުންފުންޏަށް ނެގޭ މުވައްޒަފުންނަކީ ތަޢުލީމީ، ތަޖުރިބާހުރި ކަމަށް ޤާބިލް ބައެއްކަން އަލަށް އެކުލަވާލާ ގައިޑްލައިނުން ކަށަވަރަކުރެވޭނެކަމަށް ޕީސީބީން ފާހަގަކުރައްވައެވެ.

މިއަދު އޮންލައިން