"ފަވަރަ" މެދުވެރިކޮށް އެއް އަހަރު ދުވަހުގެ ތެރޭގައި 15 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
"ފަވަރަ" މެދުވެރިކޮށް އެއް އަހަރު ދުވަހުގެ ތެރޭގައި 15 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފި

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 15 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފިއެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އެއް އަހަރުތެރޭގައި 5 މިލިއަން ޓްރާންސެކްޝަން ފަވަރު މެދުވެރިކޮށް ހިންގާފައިވާކަމަށެވެ. އަދި އެއީ ޖުމްލަ 15 ބިލިޔަން ރުފިޔާކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

"ފަވަރަ"އަކީ ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް ތަރައްޤީކޮށްފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްއެކެވެ. މި ސިސްޓަމްގެ ދަށުން ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގެ އެކައުންޓަކުންވެސް ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގެއެވެ.

"ފަވަރަ" އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓްމަހުގެ 26 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން