ދިޔަމިގިީ ކައުންސިލުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ވެރީންނާ ބައްދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ދިޔަމިގިީ ކައުންސިލުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ވެރީންނާ ބައްދަލުކޮށްފި

ތ. ދިޔަމިގިީ ކައުންސިލުގެ ފަރާތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ވެރީންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ވުޒާރާގެ އިސް ބޭފުޅުންނާއި ދިޔަމިގިލި ކައުންސިލްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ކުރެވިދާނޭ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ކައުންސިލްތަކުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ވެރީންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ވެސް ބައްދަލުކުރައްވަމުން ގެންދަވާކަން ޚަބަރުތަކުން ފާހަގަކުރެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން