ޅ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ލީޑަރޝިޕް ކޭންޕެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޅ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ލީޑަރޝިޕް ކޭންޕެއް ބާއްވައިފި

ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ލީޑަރޝިޕް ކޭންޕެއް ބާއްވައިފިއެވެ.

މި ކޭންޕުގައި، ފަސްޓް އެއިޑް، ފިޒިކަލް ޓްރެއިނިންގ، ޓައިމް މެނޭޖްމަންޓް، އެންގަރމެނޭޖްމަންޓް އަދި ލީޑަރޝިޕް ސްކިލްސް ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މީހަކަށް ނުވަތަ ބަޔަކަށް ފުރަތަމަ އެހީ ބޭނުންވާ ހާލަތުގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމާއި ވަގުތަށް ފަރުވާތެރިވެ ވަގުތުގެ ބޭނުން ހެޔޮގޮތުގައ ހިފުން އަދި ރުޅި އަންނަ ހިނދު އަމަލުކުރާނެ ގޮތާއި ލީޑަރޝިޕް ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މައުލޫތަކާ ގުޅޭގޮތުން ތަފާތުއެކި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމާއި އެކަމުގެ ހުނަރުތައް އަދި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ދިރިއުޅުމަށާއި ސްކޫލުގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.

މި ކޭންޕުގައި ބައިވެރިވި ދަރިވަރުންނަށާއި ކޭންޕު ކުރިއަށް ގެންދއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ދީފައިވެއެވެ.

މިމަހުގެ 24 ވަނަ ދުވަހު މި ކޭންޕު ކުރިއަށް ގެންގޮސްފައިވަނީ ކުރެންދޫ ޕޮލިސް ސްޓޭޝަނާއި ޅ. އަތޮޅު މަދަރުސާ އަދި ކުރެންދޫ ކައުންސިލު ގުޅިގެންނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން