އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް ފެށޭނެ: ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް ފެށޭނެ: ސަޢީދު

އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް ފެށޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ވަޒީރު ސަޢީދު ވިދާޅުވީ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް ޑިސެމްބަރުމަހުގެތެރޭގައި ފެށިގެންދާނެކަމަށާއި މި މަޝްރޫޢާއެކު ރާއްޖޭގައި އެތައް ބާވަތެއްގެ ތަރުކާރީ އާއި މޭވާ އުފައްދާނެކަމަށެވެ.

"މިއީ ރާއްޖެއަށް އިމްޕޯޓުކުރާ އެތައް ބައިވަރު ބާވަތެއްގެ ތަކެތި، ގާތްގަނޑަކަށް 10 ބާވަތެއްގެ ތަކެތި، %80 ރާއްޖެއިން ޕްރޮޑިއުސް ކުރެވޭނެ، 200 އެތައް ލިމިއަން ޑޮލަރުގެ ޕްރޮޖެކްޓެއް،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މި ޕްރޮޖެކްޓާއި އެކު ފައިސާ ރާއްޖޭގައި ދައުރުވާން ފެށި، އެސްއެމްއީތަކަށް އިތުރު ސްޕޭސް ލިބިގެންދާނެކަމަށެވެ.

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެތެރޭގައެވެ.

މިއަދު އޮންލައިން