މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގަނެ ޑީޕޯޓުކޮށްފިއެވެ.
މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއްގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއެކު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ އިންސްޕެކްޝަނެއް ހިންގި ކަމަށާއި މި އިންސްޕެކްޝަންގެ ތެރެއިން ޝާމިލްވާ ބިދޭސީ 03 އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އެ އެންމެންވެސް ޑީޕޯޓް ކޮށްފައިވާކަމަށެވެ.

ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން އަތުލައިގަތީ މި މަހުގެ 11 ވަނަ ދުވަހު ހިންގި އިންސްޕެކްޝަނެއްގެ ތެރެއިން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފަ އެވެ.