އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ 2 ސެޝަނެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ 2 ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ 2 ސެޝަނެއް މިއަހަރުގެ ތެރޭގައި ބާއްވައިފިއެވެ.

މިމހު 26ގައި ބޭއްވި މިސެޝަނުގައި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ވަނީ ދީފައެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހު 26 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ޖުލައި މަހުގެ ތެރޭގައި ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.

'އިސްރަށްވެހިންގެ ނާދީ' ގެ ނަމުގައި މާލޭ ސަރަހައްދުގައި އިސްރަށްވެހިންނަށް ހާއްސަކޮށް އިޖުތިމާއި މަރުކަޒު ހުޅުވާފައިވަނީ 17 ފެބުރުއަރީ 2024 ގައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން