އަނިޔާގެ ޝިކާރައަކަށްވެދާނެ ކުޑަކުދިން ދެނެގަނެ، ވަގުތު އޮތްވާ އެކުދިން ސަލާމަތްކުރުމަށް ދަނީ މަސައްކަތް ކުރަމުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަނިޔާގެ ޝިކާރައަކަށްވެދާނެ ކުޑަކުދިން ދެނެގަނެ، ވަގުތު އޮތްވާ އެކުދިން ސަލާމަތްކުރުމަށް ދަނީ މަސައްކަތް ކުރަމުން

އަނިޔާގެ ޝިކާރައަކަށްވެދާނެ ކުޑަކުދިން ދެނެގަނެ، ވަގުތު އޮތްވާ އެކުދިން ސަލާމަތްކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސޯޝަލް ސާވިސް ކޯޑިނޭޓަރ ޢަބްދުﷲ އަޝްރަފް ވިދާޅުވީ ކުއްޖަކަށް މައްސަލައެއް ދިމާވުމުން ވުޒާރާގެ ހެލްޕް ލައިނަށް ބައެއް ބެލެނިވެރިން ގުޅައި، އެ މަޢުލޫމާތު ދެމުންގެންދާ ކަމަށެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް އެ ފަރާތްތަކަށް ކިޔައިދޭކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޑަކުދިންގެ މައްސަލަތައް މަދުކުރުމަށް "އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ގުރޫޕުތައް" (އިބަމަ) އަތޮޅުތަކުގައި އުފައްދައިގެން މަސައްކަތް ކުރަމުންދާ ކަމަށް އަޝްރަފް ވިދާޅުވިއެވެ. މި ގުރޫޕުތަކުން މުޖުތަމަޢުގައި އަނިޔާގެ ޝިކާރައަކަށްވެދާނެ ކުޑަކުދިން ދެނެގަނެ، ވަގުތު އޮތްވާ އަނިޔާއިން އެކުދިން ސަލާމަތްކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އިބަމަ ޕްރޮގުރާމުގެ ދަށުން އަޅުގަނޑުމެން ހަދަނީ ގުރޫޕުތަކެއް ކޮންމެ ރަށެއްގައިވެސް. އެ ގުރޫޕުން ނާޒުކު ޙާލަތްތަކުގައި ތިބި ޢާއިލާތައް ދެނެގަނެ، އަނިޔާގެ ޝިކާރައަކަށްވެދާނެ ކުދިން ދެނެގަނެ، އެ ޢާއިލާތަކާއި ކުދިންނަށް ފަރުވާ ފޯރުކޮށްދެމުން ގެންދާނެ." އަޝްރަފް ވިދާޅުވިއެވެ.

މި މަސައްކަތްތަކަކީ ކުޑަކުދިންނަށް ކުރިމަތިވެދާނެ އަނިޔާތައް ހުއްޓުވުމަށާއި، އަނިޔާގެ ޝިކާރައަކަށްވެދާނެ ކުދިން ވަގުތުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން