ބުރިޖުގެ ލޭނުތަކާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަށް ވަޒީރު ޑރ.މުއްޠަލިބް ރައްދުދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބުރިޖުގެ ލޭނުތަކާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަށް ވަޒީރު ޑރ.މުއްޠަލިބް ރައްދުދެއްވައިފި

އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ސިނަމާލެ ބުރިޖުގެ ލޭނުތަކާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. މުއްޠަލިބް ވަނީ، 2015 ވަނަ އަހަރު ސިނަމާލެ ބްރިޖް މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯއެއް ޙިއްސާކޮށްފައެވެ. މި ވީޑިއޯގައި ބުރިޖުގެ ފައިނަލް ޑިޒައިނާއި ބުރިޖު ނިމުމުން އޮންނާނެ ގޮތުގެ އެނިމޭޝަނެއްވެސް ހިމެނެއެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ބުރިޖުގައި ހިމެނެނީ ކޮންމެ ފަރާތެއްގައި 2 ލޭނާއެކު ޖުމްލަ 4 ލޭނާއި ބްރިޖްގެ ދެ ފަޅިން ހިނގާ މީހުންނަށް ޚާއްސަކޮށްފައިވާ ވޯކްވޭއެކެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވެފައިވަނީ މިއީ ފާލަމުގެ ޑިޒައިން ހާމަކުރި ރަސްމިއްޔާތުގެ މަޢުލޫމާތު ކަމަށާއި، މި މަޢުލޫމާތަކީ ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލްއިން ލިބެންހުރި އާންމު މަޢުލޫމާތެއް ކަމަށެވެ. އަދި ޑިޒައިންގައި ކިތައް ލޭން ހިމެނިފައިވޭތޯ އަދި އަސްލު ޑިޒައިނާ ތަފާތުކޮށް އެއްވެސް ކަމެއް ބިނާކޮށްފައިވޭތޯ ބެލުމަށް އަމިއްލައަށް ބެލުމަށް އާންމުންނަށް ގޮވާލައްވާފައިވެއެވެ.

ވަޒީރު ޑރ. މުއްޠަލިބް މިފަދައިން ވިދާޅުވެފައިވަނީ، ސިނާމާލެ ބުރިޖުގެ މަސައްކަތްކޮށްފައި ވަނީ އަސްލު ފަރުމާއާއި އެއްގޮތަށް ނޫންކަމަށް ބުނެ ފަހަކަށް އައިސް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

މިއަދު އޮންލައިން