ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ 3 ތަނަކަށް ނޯޓިސް ދީފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ 3 ތަނަކަށް ނޯޓިސް ދީފި

ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ 3 ތަނަކަށް ސިއްޙަތާބެހޭ ވުޒާރާއިން ނޯޓިސް ދީފިއެވެ. މި ނޯޓިސްތައް ދީފައިވަނީ މިދިޔަ އަންގާރަ ދުވަހު ސިއްޙަތާބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަކަށްފަހުއެވެ.

ސިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އިންސްޕެކްޝަންގައި ޖުމްލަ 6 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން 3 ތަނަކަށް ނޯޓިސް ދީފައިވަނީ އެތަންތަނުގެ ޢާންމު ސާފުތާހިރުކަން ދަށްވެ، ޢާންމު ޞިއްޙަތަށް ނުރައްކާވެދާނޭ ޙާލަތެއް މެދުވެރި ވެދާނެތީއެވެ.

ނޯޓިސް ދީފައިވާ ތަންތަނަކީ:
1. މެމްބަރ ހޮޓެލް / މ.ކަފަގަސްދޮށުގެ
2. ދަ ކެބިން (ޓޭކްއަވޭ) / މ. ހަނީ ސަކުލް
3. މއ.ހަނީ ސަކުލްގައި ރަޖިސްޓްރީނުކޮށް ހިންގަމުން ދިޔަ ބަދިގެތައް

މި ނޯޓިސްއާއެކު އެ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރުން ވަނީ ހުއްޓުވާފައެވެ. އަދި އެތަންތަނުން އަލުން ޚިދުމަތް ކުރިޔަށް ގެންދެވޭނީ ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށްފަހު ޞިއްޙީ ވުޒާރާއިން އެކަން ކަށަވަރުކުރުމަށްފަހުގައެވެ.

މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ޞިއްޙީ ވުޒާރާ އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ. މިގޮތަށް އިންސްޕެކްޝަން ކުރިއަށް ގެންދަނީ ރައްކާތެރި ނޫން ގޮތުގައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ދެނެގަތުމަށްޓަކައެވެ.

މިއަދު އޮންލައިން