ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަކުރި 19 މީހުން އަނބުރާ އާއިލާއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަކުރި 19 މީހުން އަނބުރާ އާއިލާއަށް

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަކުރި 19 މީހުން އަނބުރާ އެމީހުންގެ އާއިލާތަކާ ގުޅުވައިދީފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ މަރުކަޒުންނެވެ.

މި މަރުކަޒު ބަލަހައްޓަމުން އައިސްފައިވަނީ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކަމަށްވީ ނަމަވެސް، ސަރުކާރުން މިހާރު މިވަނީ މި މަރުކަޒު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ސިއްޙަތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައެވެ. މިގޮތަށް ބަދަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ މަރުކަޒަކީ މީހުން ބައިތިއްބާ ތަނެއްގެ ބަދަލުގައި މީހުންނަށް ބޭނުންވާ ފަރުވާ ދީ، އާއިލާއާ ގުޅުވައިދީ އާންމު ދިރިއުޅުމެއް އުޅެވޭނެ ފުރުޞަތު ފަހިކޮށްދޭ ތަނަކަށް ހެދުމެވެ.

ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި މި މަރުކަޒުން ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު، އެތަނުން ފަރުވާ ފުރިހަމަ ކުރާ ފަރާތްތައް އަނބުރާ އާއިލާތަކާއި ހަވާލުކޮށް، މުޖުތަމަޢުގައި އުޅެވޭނެ މަގުފަހިކުރުމަށް މުހިންމު ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މި މަރުކަޒަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ އެތަނަކީ ދާއިމީކޮށް މީހުން ބައިތިއްބާ ތަނެއްގެ ބަދަލުގައި ވަގުތީ ހިޔާވައްސެއްގެ ގޮތުގައި ހަމަޖައްސާ، އެތަނުގައި ފަރުވާދީ އަނބުރާ މުޖުތަމަޢަށް މީހުން ނެރުމުގެ ޢަމާޒަށް ޕްރޮގްރާމްތައް ހިންގަން ފެށުމެވެ. މިހާރު އެތަން ހިންގަމުންދަނީ ފަރުވާއާއި މުޖުތަމަޢަށް ނެރުމުގެ އަޚުލާގާ ހުނަރު ދަސްކޮށްދޭ ތަނެއްގެ ނިޒާމަށެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 6 ޖޫން 1976ގައެވެ.

މިއަދު އޮންލައިން