ސިޔާސީ މުވައްޒަފުން މަދުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސިޔާސީ މުވައްޒަފުން މަދުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވައިފި

ސިޔާސީ މުވައްޒަފުން މަދުކުރަން ޖެހިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ ލަފައެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އެކި މަޤާމުތަކަށް މިހާރު އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންނާމެދު ޢަމަލުކުރާނެ ގޮތުގެ ލަފައެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވާ ކަމަށެވެ. އަދި އެ ލަފައާމެދު އަމަލުކުރައްވާނެ ގޮތެއް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ މުވައްޒަފުންނާމެދު ޕާޓީން އަރުވަންޖެހޭ ލަފަޔެއް މިހާރު އަރުވަމުން މިގެންދަނީ. އެ ލަފާ ތަންފީޒް ވާނީ ކޮންއިރަކު ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަން ނިންމާނީ ރައީސް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން ކަންބޮޑުވެ، މާޔޫސްވާންޖެހޭ އެއްވެސް ނިންމެވުމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުނިންމަވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވަނީ ޕީއެންސީ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

މިއަދު އޮންލައިން