ގާނޫނުތަކަށް ގެންނަ އިސްލާހުތަކުން ދައުލަތުގެ އާމްދަނީއަށް ރަނގަޅު ކުރިއެރުމެއް އަންނާނެ: އިޤްތިޞާދީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ގާނޫނުތަކަށް ގެންނަ އިސްލާހުތަކުން ދައުލަތުގެ އާމްދަނީއަށް ރަނގަޅު ކުރިއެރުމެއް އަންނާނެ: އިޤްތިޞާދީ ވަޒީރު

ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް ރަނގަޅު ކުރިއެރުމެއް އަންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައުލަތަށް ދައްކާ އެކި ޓެކްސްތައް ޑޮލަރުން ދެއްކުމަށް ބަދަލުކުރުމުން ދައުލަތަށް 40 މިލިއަން ޑޮލަރާއި 80 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ އާމްދަނީ އިތުރަށް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ އެ ފިޔަވަޅުތަކުން އަންނާނެ ބަދަލުތަކުގެ ރަނގަޅު ހިސާބުތައް ހަދަމުން. ސީދާ އަދަދު އެނގޭނީ މިހާރު މި ހިނގާ މަސައްކަތްތައް ނިމުނީމަ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ޑޮލަރުގެ ތާށިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ނިންމަވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ފަންޑަށްވެސް ޑޮލަރުން ފައިސާ ޖަމާކުރުމާއި، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސްއާއި ކަސްޓަމް ޑިއުޓީ ޑޮލަރުން ދެއްކުމަށް އުސޫލުތައް ބަދަލުކުރުން ހިމެނެއެވެ.

ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި މިއަދު ޑޮލަރުގެ މައްސަލަ ކުރިމަތިވެފައި މިވަނީ ކުރީގެ ސަރުކާރުން ހައްދެއް ނެތި ފައިސާ ޗާޕުކުރުމުގެ ސަބަބުންނެވެ.

މިއަދު އޮންލައިން