ފެނަކައަކީ ދުރުރާސްތާގައި އެސްޓީއޯއަށް ފައިދާކުރާ ކުންފުންޏަކަށް ހަދަން އަމާޒު ހިފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފެނަކައަކީ ދުރުރާސްތާގައި އެސްޓީއޯއަށް ފައިދާކުރާ ކުންފުންޏަކަށް ހަދަން އަމާޒު ހިފައިފި

ފެނަކައަކީ ދުރުރާސްތާގައި އެސްޓީއޯއަށް ފައިދާކުރާ ކުންފުންޏަކަށް ހަދަން އަމާޒު ހިފާފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ ފެނަކަ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، އެކަމުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝިމާދު ވިދާޅުވީ، ފެނަކައިގެ ދަރަނި ދައްކަން ޖެހޭ ފަރާތްތަކަށް ދަރަނި ދެއްކުމަށް ޕްލޭންތައް ހަދައި، ފެނަކައަކީ ދުރުރާސްތާގައި އެސްޓީއޯއަށް ފައިދާ ކުރަނިވި ކުންފުންޏަކަށް ބަދަލު ކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއީ ކުރުމުއްދަތުގެ ފައިދާއަކަށް ކުރާ ކަމެއް ނޫންކަމަށާއި، ފެނަކައަކީ އެސްޓީއޯގެ ކުރިމަގަށް ވަރަށް މުހިންމު އިންވެސްޓްމެންޓެއް ކަމުގައި ދެކޭކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަނީ 3-2 އަހަރު ނަގާފާނެ ކަމަށް ރަނގަޅު ބަދަލެއް ފެންނަން." ޝިމާދު ވިދާޅުވިއެވެ.

ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން ގެންދާއިރު، އެސްޓީއޯއިން ދެކެނީ މިއީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އެކުންފުނި ވަނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިކަމަށް ޝިމާދު ވިދާޅުވިއެވެ.

ފެނަކަ ކުންފުންޏަކީ މިސަރުކާރު ހަވާލުވީއިރު ދައުލަތުގެ ކުންފުނިތަކުގެތެރެއިން މާލީ ޙާލަތު އެންމެ ގޯސް ކުންފުންޏެވެ. އެގޮތުން ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރައެވެ. މި ދަރަނީގެ ތެރެއިން ބޮޑު ބަޔަކީ އެސްޓީއޯއަށް ދޭން ޖެހޭ ފައިސާއެވެ.

މިއަދު އޮންލައިން