ޔޫއެންއޯޑީސީގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިޔުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޔޫއެންއޯޑީސީގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިޔުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްދެއްވައިފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިޔުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްދެއްވައިފިއެވެ. 

ޔޫރަޕިއަން ޔޫނިއަން ސަރވިސް ފޮރ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސްއިން ފަންޑުކޮށްދެއްވާފައިވާ އިކުއިޕްމަންޓް ހަވާލުކޮށްދެއްވުމަށް ވިލިމާލޭގައި ހުންނަ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް  އޮފް މޯލްޑިވްސް، އެންރީކޯ ބޮނަސެންޏާއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ. 

މިއަދު ހަދިޔާކުރެވިގެންދިޔަ އިކުއިޕްމަންޓާއެކު، ދިވެހިރާއްޖޭގެ ޚާއްޞަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ހިނގާ މެރިޓައިމް ޓެރަރިޒަމްއާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން