މިހާރު އޮފީހުގައި ތިބެގެން ސްޓެލްކޯގެ ހުރިހާ ޓްރާންސްފޯމަރުތައް ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ: ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މިހާރު އޮފީހުގައި ތިބެގެން ސްޓެލްކޯގެ ހުރިހާ ޓްރާންސްފޯމަރުތައް ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ: ފަހުމީ

މިހާރު އޮފީހުގައި ތިބެގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ހުރިހާ ޓްރާންސްފޯމަރުތައް ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްމާޓް ގްރިޑުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ހުރިހާ އިންޖީނުތައް އޮޕަރޭޓްކުރަމުންދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކޮމްޕިއުޓަރު މެދުވެރިކޮށް ކަމަށެވެ. އަދި ޑިސްޓްރިބިއުޝަން ސިސްޓަމް މިހާރު ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށާއި، މިއާއެކު ހުރިހާ ޓްރާންސްފޯމަރުތައް އޮފީހުގައި ތިބެގެން ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، ސްޓެލްކޯގެ މުޅި ނެޓްވޯކް ސްމާޓް ގްރިޑަކަށް މިހާރު ބަދަލުކޮށްފައިވާއިރު ދެން ކުރިއަށްދާނީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސްމާޓް މީޓަރު އިންސްޓޯލް ކުރުމަށް ލަސްވެފައިވަނީ ސްމާޓް ގްރިޑް އިމްޕްލިމަންޓްކޮށް ނިމެންދެން މަޑުކޮށްލާފައިވާތީ ކަމަށެވެ.

"ޖުމްލަ ޓޯޓަލް ސޮލިއުޝަން މި ލިބެނީ ސްމާޑް ގްރިޑާއި ސްމާޓް މީޓަރާ އެއްކޮށް އައިމަ،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުން ސްމާޓް މީޓަރަށް ބަދަލު ކުރުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

މިއަދު އޮންލައިން