ރައީސް އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް މަސްވެރިންގެ ކަންބޮޑުވުންތައް: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސް އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް މަސްވެރިންގެ ކަންބޮޑުވުންތައް: ވަޒީރު ޝިޔާމް

މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތަކަށް އިސްކަން ދެއްވާފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވާލުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން ވަޒީރު ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން މަސްވެރިންގެ އަޑުއަހާ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެއެވެ. އަދި މި ސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށާއި ޚާއްޞަކޮށް މަސްވެރި ޢާއިލާތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެކަމަށް އިންޝާﷲ އުންމީދު ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ނިންމެވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު އުންމީދުތަކެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ. ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތަކަށް އަޑުއަހާ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަކީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ.

 

 

 

 

މިއަދު އޮންލައިން