މުޅި ރާއްޖޭގައި ދެހާހަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުން: އިޤުތިޞާދީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މުޅި ރާއްޖޭގައި ދެހާހަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުން: އިޤުތިޞާދީ ވަޒީރު

މުޅި ރާއްޖޭގައި ދެހާހަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންދާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ޤައުމުގެ މާލީ ޙާލަތު ދަށްވެފައިވީ ނަމަވެސް، ޖުމްލަ 3,052 މަޝްރޫޢުގެ ތެރެއިން 2,048 މަޝްރޫޢުގެ މަސައްކަތް މެދުނުކެނޑި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"މިވަގުތުވެސް 2048 ޕްރޮޖެކްޓެއްގެ ހުއްޓުމެއްނެތި ދަނީ ކުރަމުން. އެއީ 3052 ޕްރޮޖެކްޓް ތެރެއިން. އަދި އިތުރު 1853 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ ކޮންޓްރެކްޓް ކުރެވިފައި" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، 1,853 މަޝްރޫޢުގެ އެއްބަސްވުންތައް ވެވި، އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، 24 ގަޑިއިރު ތިލަފުށިން ފެށިގެން މާލެއަށް ގުޅާލާ ބްރިޖްގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެންމެ ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ކުރެއްވީ ހުއްޓިފައި ހުރި ޓަރމިނަލަށް ޒިޔާރަތް ކުރުމާއި ބްރިޖްގެ މަސައްކަތް އަވަސްކުރުމަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބަޔާންތަކުން އެނގެނީ، ޤައުމުގެ މާލީ ޙާލަތު ދަށްވެފައިވީ ނަމަވެސް، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަންދީ، ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމެވެ.

މިއަދު އޮންލައިން