ނުޤަވާޢިދުން އުޅޭ ބޭރުމީހުންގެ މައްސަލަތައް ޙައްލުކުރަން ސަރުކާރުން ވަރަށް ހަރުކަށިވާނެ! ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުން!: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 21ސ
ނުޤަވާޢިދުން އުޅޭ ބޭރުމީހުންގެ މައްސަލަތައް ޙައްލުކުރަން ސަރުކާރުން ވަރަށް ހަރުކަށިވާނެ! ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުން!: ރައީސް

ހަމައެއާއެކީގަ ބޭރުމީހުން، ނުގަވާއިދުން އުޅޭ ބޭރުމީހުން، މިހާރި މި ފަށާފައޮތް މަސެއްކަތް ހަމަ އެކަމުގަވެސް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ. ބޭރުމީހުން، ނުގަވާއިދުން އުޅޭ ބޭރުމީހުންގެ މި މައްސަލަ ހައްލުކުރުމުގަ އަޅުގަނޑުމެން ވަރަށް ހަރުކަށިވާނަން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ، މިނިވަންކަމަކީ ހަމައެކަނި ބަޑިއެއް ހިފައިގެން އައިސް، ނޫނިއްޔާ ސިފައިންގެ ބަޔަކު އައިސްގެން ގެއްލޭ އެއްޗެއް ނޫން. މިތަނުގެ ތެރޭގަ މިތަނަށް ނިސްބަތް ނުވާ ބަޔަކު ގިނަވެގެންގޮސް އެމީހުންގެ އަތްމައްޗަށް ކަންތައްތައް އިއްލީގަލީ، އެއްވެސް ވަރަށް ރަޖިސްޓާރ ނުވެ ތިބި ބަޔަކު މިތާ ތިބެގެން އެ އަންނަ ކަންތައްތަކުންވެސް މިނިވަންކަން އެބަ ގެއްލޭ. ޑެއިލީ ގެއްލޭ އެބަ ޑެއިލީ. އެހެންމަ މިނިވަންކަން ހިމާޔަތްކުރުން އަޅުގަނޑު 17 ނޮވެމްބަރުގަ ދެއްކި ވާހަކައިގަ ދެންނެވިން އަޅުގަނޑުގެ ފަޚުރަކަށް ވާނޭ މިނިވަންކަން ހިމާޔަތް ވެއްޖެކަން ރައްޔިތުންނަށް ޔަޤީންކޮށްދިނުން. އަޅުގަނޑު އެކަން ކުރަން ބޭނުންވަނީ ރައްޔިތުންގެ އެހީތެރިކަމާއެކީގަ ފަޅުރުވެރިކަމާ އެކީގަ އިރާދުކުރެއްވިއްޔާ އެމައްސަލަ ރައްޔިތުންގެ އެހީތެރިކަމާ އެކީގަ ހައްލު ކުރާނަން. 

ދެން އަޅުގަނޑު އެބޭފުޅުން ބުނިގޮތަކަށް ނޫން. އެކަމު ސިންގަޕޫރަށް ދާން ފުރަން ދާން ޖެހޭތީވެސް ކުރުކޮށްލަންޖެހޭ. އެކަމު ދެތިންވާހަކަ އަނެއްކަވެސް ފާހަގަ ކޮށްލާނަން. އަޅުގަނޑު ރޭގަ ދެއްކިވާހަކަވެސް އަނެއްކަ އޮޅުވާލަން މަސެއްކަތް ކުރި، މި ދޮގު ތަންކޮޅެއް ބަޔާންކޮށްލާފަ ހަމަ، މި ދޮގުގަ މިއަދުގެ މައުޟޫ  ބޮޑަށް އަޅުގަނޑު ގެންގުޅެން ބޭނުންވަނީ. އަޅުގަނޑު ދެންނެވިން މަޖީދިއްޔާ ސްކޫލްގަ މިއަންނަ އަހަރު މަޖީދިއްޔާ ސްކޫލްގެ ގޯތީގެ ބާކީ އޮތް ބައިގަ، ކުރީގަ ދަރުމަވަންތަ ހުރތަނުގަ އަޅާނަމޭ 40 ކްލާސްރޫމްގެ އިމާރާތެއް، ސްކޫލް އިމާރާތެއް. މި އަންނަ އަހަރު ހިންގާ ސްކޫލް ޕްރޮޖެކްޓްތައް، އޭގެތެރޭގަ ހިމެނޭނޭ ސްމާރޓް ކްލާސްރޫމްތަކެއް ރާއްޖޭގަ ފުރަތަމަ ފަހަރަށް ދެން އެވާހަކަ އަޅުގަނޑު ދެއްކީމަ މިވީގޮތަކީ އެއްކަލަ ދޮގު ހަދާ ބޭފުޅުން ނުކުމެވަޑައިގެންފި . ނުކުމެ މި ކުރެއްވި ކަމަކީ އަޅުގަނޑުމެންގެ ފިޝަރީޒް މިނިސްޓަރ އޭރުގަ އެމްޕީއަކަށް ހުންނެވި އިރުގަ ނައިފަރުގަ ސްމާޓް ބޯޑު ބަހައްޓާ އަނެކަތިކުރި ޕްރޮޖެކްޓް އެއޮތީ ފުރަތަމަ ފަށާފައޭ، ތިހެދީ ދޮގެކޭ. އެހެންމަ ތެދެއް ހިމަނައިގެން މުޅިއެތި އޮޅުވާލީ. ސްމާރޓް ބޯޑު ބަހައްޓާ، ނޫނިއްޔާމު ވަރަށް ގިނައިން ހުރޭ މިގޮތަށް ޑިޖިޓަކް ސްކްރީން ބަހައްޓާ ކްލާސްރޫމްތައް ހަދާފަ. އެގޮތަށް ސްމާޓް ކުލާސްރޫމް ހަދާ ވާހަކައެއް ނޫން އަޅުގަނޑު މި ދެންނެވީ. އަޅުގަނޑުމެން ދެންނެވީ އޭގަ ޙަގީގީ މާނައިގަ މުދައްރިސުން އެ ބޭނުންކުރާ ކޮންޓެންޓް ވެސް ހަމަ އެކިކަހަލަ ވޮއިސް ކޮމާންޑްތަކުން އޭތި ބަދަލު ކުރެވި އެކި ކުދިންނަށް އިންޓްރެކްޓް ކުރެވޭގޮތަށް، ރިއަލް ޓައިމްކޮށް އިންޓަރެކްޓް ކުރެވޭގޮތަށް އާޓިފިޝަލް އިންޓެލިޖެންސަސް އޭގެ ފުރިހަމަ އެކްސްޓެންޑުގަ ބޭނުން ކުރެވޭ ގޮތަށް، ޙާގީގީމާނައިގަ ރާއްޖޭގަ ފުރަތަމަ ފުރަތަމަ ފަހަރަށް ސްމާޓް ކްލާސްރޫމްތަކެއް ހިމެނޭ ގޮތަށޭމަޖީދިއްޔާގަ މިއަންނަ އަހަރު މިއަޅާ އިމާރާތް އަޅާނީ. 

ދެން އެ ތެދު ދެން ބަދަލެއް ނުވާނެ އެމީހުން ކިތަންމެ ވަރަކަށް ދޮގު ހެދިޔަސް. ދެން ހަމަ މިސާލު ދައްކާލީ، ދެން އަޅުގަނޑަކަށް ނޭންގެ މިރޭ އަޅުގަނޑު މި ހެދި ތެދުތައް ދޮގުކުރަން އެބޭފުޅުން ދެން ހައްދަވާނީ ކިހިހިނެއްތޯ.  

ހަމަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ ރައްޔިތުން ގާތުގަ، އަޅުގަނޑަށް މުހިއްމީ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީގަ ރައްޔިރުންނަށް ޚިދުމަތް ކުރުމޭ.  އަޅުގަނޑުގެ ކޮންމެ ނޭވާއެއް އަޅުގަނޑު ލާން ބޭނުންވަނީ، އަދި އަޅުގަނޑު ކޮންމެ ދުވަހަކަވެސް ހަމަ ސެލްފް އެކައުންޓް ކުރަން، އެދުހުކު އަޅުގަނޑަށް ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ. ﷲ އަޅުގަނޑާ މަތިކޮށްފަ މިވާ ޒިންމާ ހަމަ ތެދުވެރިކަމަ އެކީގަތޯ މި އަދާކުރެވެނީ. އެއީ އަޅުގަނޑު މިކަން މި ކުރަނީ އަޅުގަނޑަކީ މިދުނިޔޭގަވެސް މިކަމުގަ ޖަވާބުދާރީވާންޖެހޭނެ މީހަކަށް ވެފަ އެކައުންޓެބަލް ވާންޖެހޭނެ މީހަކަށް ވެފަ އާޚިރަތުގަވެސް މިކަމުގަ އެކައުންޓެބަލް ވާން ޖެހޭނެކަން އިނގޭތީ. އެހެންމަ އަޅުގަނޑު މަސެއްކަތް ކުރާނީ އެގޮތަށޭ. ރައްޔިތުން ތި ދެއްވާ ތާއީދާ ތި ކުރައްވާ އިތުބވާރަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރު ދަންނަވަމެވެ. މި ކުރައްވާ މަސެއްކަތް އިރާދު ކުރެއްވިއްޔާ ކާމިޔާބު ކުރާނަމޭ. ވަރުގަދަ ކުރާނަމޭ. ރައްޔިތުންގެ ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދަދޭނަމޭ ވަޢުދުވީގޮތަށް. ރައްޔިތުންނަށް ކޮށްދޭންވީ ކަންކަން އަޅުގަނޑުމެން ކުރާނީ ރައްޔިތުންނަށް ބޭނުންވާ ގޮތަށް އަޅުގަނޑު ވަޢުދުވީ ގޮތަށޭ. ދެން ކުރިން ކުރި ކަންކަން އަޅުގަނޑުމެން ދައްކަނީކީއެއް އަޅުގަނޑުމެން ކަމުން ރެކޭކަށެއް ނޫނޭ. މިދިޔަ ސަރުކާރުން ކުރި ކަންކަމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ، މިދިޔަ 9 މަހު ކަމެއް ނުކުރެވެޢޭ އެމީހުން ކިޔާތީކީ ނޫނޭ. އެވާހަކަ ތާ އަބަދަށް ރާއްޖޭގެ ދައްކާނެ މިދިޔަ ސަރުކާރުން ކުރި ކަންކަމުގެ ވާހަކަ. ތާ އަބަދަށް ދައްކަންޖެހޭ. މި ރާއްޖޭގަ ދުވަހަކު ސަރުކާރަކުން ޤައުމެއް ހަލާކު ނުކޮށްލާވަރަށް އިޤްތިޞާދާ އިސްލާމް ދީނާއި މުޖުތަމައު ހަލާކުކޮށްލި ވާހަލަ ތާއަބަދަށް އަންނާން އޮތް ޒަމާންތަކަށް ދައްކާނެ. އެވާހަކަ މުގައްރިރުގަވެސް ލިޔާނެ، އެވާހަކަ ލެކްޗަރު ހޯލްތަކުގަވެސް ދައްކާނެ، ފޮތްތައްވެސް ލިޔާނެ، އެކި ތަންތަނުގަ މައުރަޒުތަކުގަވެސް ހަދާފަ ބަހައްޓާނެ، ތާއަބަދަށް ދައްކާނެ އެ ވާހަކަ. އެހެންމަ އެވާހަކައިން ސަލާމަތެއް ނުވެވޭނެ 5 އަހަރުދުވަސް މިޤައުމު ހަލާކުކޮށްލި ހަލާކު ކޮށްލުމަކީ ތާއަބަދަށް އަންނާންއޮތް ޖީލްތަކުގެ، އެޖީލްތަކުގެ ދެން އަންނާންއޮތް ޖީލްތަކުގެ ދަރީންނަށްވެސް ފެންނާން އޮންނާނެ ޙަޤީގަތަކަށް ވާނެ. އެ ޙަޤީގަތް ބަދަލެއް ނުވާނެ.  

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މިކުރާ މަސެއްކަތުގަ ﷲ ސުބޫޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލައްވާށި. އަޅުގަނޑުމެންގެ މި ޤައުމަކީމިނިވަން ޤައުމެއްކަމުގަ ތާއަބަދު ލަހައްޓަވާށި.

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

- ރައީސް ޑރ. މުޙައްމަދު މުޢީއްޒު ޕީއެންސީ ހައުސް ޖަލްސާގަ ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން