ޒުވާން އަންހެނަކު މަރުވެ ވަޅުލުމުން މަހާނައިން ކަޅު ދުންގަނޑެއް އަރައިގެން ދިއަސަބަބުގެ ވާހަކަ- ބިރުވެތިވާންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޒުވާން އަންހެނަކު މަރުވެ ވަޅުލުމުން މަހާނައިން ކަޅު ދުންގަނޑެއް އަރައިގެން ދިއަސަބަބުގެ ވާހަކަ- ބިރުވެތިވާންޖެހޭ ފިލާވަޅެއް!

އެއީ 30 ވަރަކަށް އަހަރުގެ ޒުވާން އަންހެނެކެވެ. ފުރަތަމަ ދަރިފުޅު ވިހެއުމަށްފަހު ކުއްލި ގޮތަކަށް ނިޔާވީއެވެ. މީސްތަކުންނަށް އެނގިފައި އޮންނަނީ އޭނާއަކީ ތަޤްވާވެރި ރަނގަޅު އަންހެނެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ ވަޅުލެވުމާއިއެކު ފެނުނީ ބިރުވެރިކަމެވެ. މަހާނައިން ކަޅުދުންގަނޑެއް އަރައިގެންދިއަތަނެވެ. 

އެތަން ފެނުމުން އެންމެންވެސް ބިރުގަތެވެ. ނަމަވެސް ޙަޤީޤަތް ހޯދަން ކުރެވޭނެ ކަމެއް ނެތުމުން އެކަމުގެ ވާހަކަދައްކަން ތިބުމުގެ ބަދަލުގައި އޭނާއަށް ދުއާކޮށްފައި އެނބުރި ދިއައީއެވެ. ފިރިމީހާ ވަރަށް ދެރަވިއެވެ. މިއީ ކީއްވެގެން ފެނުނު ކަމެއްކަމާއިމެދު ހިތުގައި ސުވާލުތައް އުފެދުނެވެ. ނަމަވެސް ޖަވާބު ހޯދަން ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވީއެވެ. 

އެއިގެ 2 އަހަރު ފަހެވެ. ކަންދިމާވިގޮތުން އޭނާއަށް ކައިވެނިކުރެވުނީ ކުރީގެ އަނބިމީހާގެ ހަގު ކޮއްކޮއާއިއެވެ. އެއީ ދެފަރާތުގެ ޢާއިލާއިން ރާވައިގެން ކުރެވުނު ކައިވެންޏެކެވެ. ކައިވެންޏަށްފަހު ދެމީހުންގެ ގުޅުން ވަރަށް ރަނގަޅަށް ބަދަހިވިފަހުން ފިރިމީހާއަށް އެވާހަކަތައް ދެއްކުނެވެ. ކުރީގެ އަނބިމިހާގެ ޖަނާޒާގައި ކަންކަން ވެގެންދިއަގޮތުގެ ވާހަކައެވެ. އެކަމާއި ކަންބޮޑުވާ ވާހަކައާއި ވަރަށް ދެރަވާ ވާހަކައެވެ. 

ދައްތަގެ ވާހަކަތައް ކޮއްކޮ ކިޔައިދިނެވެ. އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުން ޝަރުޠުކޮށެވެ. "ދައްތައަކީ ބޭރުފުށުގެ ދިރިއުޅުމާއި އެތެރެފުށުގެ ދިރިއުޅުން ތަފާތު އަންހެނެކެވެ. ވަރަށް ޒުވާންއިރު ސިޙުރު ދަސްކުރިއެވެ. އަދި މީސްމީހުންނަށް ޞިޙުރު ހަދައިދިނެވެ. ގިނައިން ސިޙުރު ހަދައިދީއުޅުނީ ދެމަފިރިންގެ ދޭތެރޭގައި މައްސަލަތައް ޖައްސުވައި ދެމަފިރިން ދުރުކުރުވާށެވެ. އެކަންކަން ނުކުރުން އެދި ވަރަށް އާދޭސްކުރީމެވެ. ނަމަވެސް ޤަބޫލުނުކުރީއެވެ. ނުކުރާކަމަށް ބުނަމުންވެސް އެކަންކަންކުރިއެވެ. ތައުބާވާނެ ފުރުޞަތު ނުލިބި މަރުވީއެވެ." 

ލޮބުވެތި އެކުވެރިންނޭވެ! ޞިޙުރުހެދުންފަދަ ބޮޑެތި ފާފަތަކާއި ކައިރިވެސް ނުވާށެވެ. ދުނިޔެދޫކޮށްދާންޖެހޭނީ ކޮން ވަޤުތަކު ކަމެއް ނުއެނގޭނެއެވެ. މަރުވެފައިވާ މީހަކާއިމެދު ގޮތް ނިންމާކަށް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. އޭނާގެ ޙަޤީޤަތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް ލޮލަށް ފެންނަ މިބާވަތުގެ ކަންކަމަކީ ޢިބްރަތް ޙާޞިލުކުރަންޖެހޭނެ ކަންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން