ސްޓެލްކޯގެ ނަމުގަ ވަގުކޯލުތަކެއް އެބަކުރޭ! ސަމާލުވެލައްވާ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ސްޓެލްކޯގެ ނަމުގަ ވަގުކޯލުތަކެއް އެބަކުރޭ! ސަމާލުވެލައްވާ!

ސްޓެލްކޯގެ ނަމުގައި ބައަކު ވަގުކޯލުތަކެއް ކުރާ ކަމުގެ މައުލޫމާތު ސްޓެލްކޯއަށް ލިބިފައިވާ ކަމަށާއި އެފަދަ ކޯލްތަކަށް ސަމާލުވެލައްވަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އިލްތިމާސްކުރައްވައިފިއެވެ. 

ޙުސައިން ފަހުމީ ވިދާޅުވީ އެއްވެސް ކަސްޓަމަރެއްގެ ޒާތީ، މާލީ ޙާލަތާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ހޯދަން ސްޓެލްކޯއިން އެއްވެސް ކަސްޓަމަރަކަށް ފޯނުން ނުގުޅާނެ ކަމަށެވެ. އަދި މިބާވަތުގެ މަޢުލޫމާތު ހޯދަން އެއްވެސް ފަރާތަކުން ގުޅައިފިނަމަ މަޢުލޫމާތު ނުދެއްވައި އެކަމުގެ މަޢުލޫމާތު ސްޓެލްކޯއާއި ޙިއްޞާކުރެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. 

ސްޓެލްކޯއިން ވަނީ ޑާދިފަހުން 1545 ގެ ނަމުގައި ހޮޓްލައިނެއް ޤާއިމުކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުންވެސް އެކުންފުންޏާއި ގުޅޭނެ ފަސޭހަ ގޮތް ހަމަޖައްސައިދީފައެވެ.  

މިއަދު އޮންލައިން