އަނބިމީހާދެކެ ޙަޤީޤީ ލޯބިވާނަމަ އެންވާސަރީ ފާހަގަކުރަންވީ މިގޮތަށްކަން ޤަބޫލުކުރެވިއްޖެނަމަ ފިރިމީހާއަށް ޝެއާކޮށްލާ! ލިޔުމަށް ކޮމެންޓްވެސް ކޮށްލަދޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
އަނބިމީހާދެކެ ޙަޤީޤީ ލޯބިވާނަމަ އެންވާސަރީ ފާހަގަކުރަންވީ މިގޮތަށްކަން ޤަބޫލުކުރެވިއްޖެނަމަ ފިރިމީހާއަށް ޝެއާކޮށްލާ! ލިޔުމަށް ކޮމެންޓްވެސް ކޮށްލަދޭތީ!

ކައިވެނީގެ އެންވާސަރީ ފާހަގަކުރުމަކީ ގިނަބައަކު ކުރާކަމެކެވެ. އެހެންކަމުން ހިތަށް އަރަނީ މިއަށްވުރެ ދެމަފިރިންގެ ގުޅުން ބަދަހިވާނެ ގޮތަކަށް އެންވާސަރީ ފާހަގަކުރެވިދާނެބާވައެވެ! ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާފައި ނިކަން ޖަވާބު ދެއްވަބައްލަވާށެވެ! 

އެދެމަފިރިންނަކީ ވަރަށް އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ކައިވެންޏަށް 4 އަހަރުފުރި 5 ވަނަ އަހަރުފުރެން ކައިރިވަމުން އައިދުވަސްކޮޅު އަނބިމީހާ އުޅެނީ ކުޑަކޮށް ބަލިވެއެވެ. އެހެންވެ ފިރިމީހާ މަސައްކަތްކުރަމުން ދިއައީ އެންވާސަރީ ޚާއްޞަގޮތަކަށް ފާހަގަކުރާށެވެ. ދެމަފިރިންގެ މެދުގައި ލޯބި އިތުރުވާނެ ގޮތަކަށް ކަމެއް ކުރާށެވެ. 

އެހެންވެ ފިރިމީހާ ދިއައީ ބައަކާއި ވާހަކަދައްކަމުންނެވެ. ފިރިމީހާ 2 އަންހެނަކާއި ވާހަކަދައްކަމުން އަންނަކަން އަނބިމީހާއަށް އެނގެއެވެ. ނަމަވެސް ދައްކަނީ ކޮންވާހަކައެއްކަމެއް ނުއެނގެއެވެ. އެހެންވެ އަނބިމީހާގެ ހިތުގައި ދިއައީ ނުބައި ޝައްކުތަކެއް އުފެދެމުންނެވެ. 

އެންވާސަރީ ދުވަހު ހެނދުނު 6 ޖެހިއިރު ދެމަފިރިން ތިބީ ކޮފީބޯށެވެ! ކޮފީތައްޔާރުކުރީ ފިރިމީހާއެވެ. ކޮފީބޯން ތިއްބައި ފިރިމީހާގެ ފޯނަށް ގުޅިއެވެ. ގުޅުމުން ފިރިމީހާ ބުނީ ކުރިން ބުނި ގޮތަށް އެގޭގައި މަޑުކުރާގޮތަށް ދެއަންހެނުން އައުމަށެވެ. އެހެންބުނެފައި ފިރިމީހާ ތެދުވެގެންދިއައީއެވެ. 

އަނބިމީހާ ވަރަށް ރުޅިގަދަވިއެވެ. އެންވާސަރީ ދުވަހާއި ދިމާކޮށް ދެއަންހެނުން ގެއަށް ގެނުވާތީއެވެ. ހީކުރީ ލޯބީގެ ޑްރާމާއެއް ފަށަނީކަމަށެވެ. އޭނާ ބާކީކޮށް ހިތުގައި ޖައްސާނެ ގޮތެއް ހޯދަނީ ކަމަށެވެ. އެގޮތަށް ވިސްނައި ކުނިކަހާ ފިހިގަނޑު ނަގައި އެމީހުން ވަނުމުން ތަޅައިގަންނަން ތައްޔާރުވެގެން ހުއްޓާ ރަނގަބީލު ޖެހުމުން ގޮސް ދޮރުހުޅުވިއެވެ. 

އެއިރު ފިރިމީހާ ދުރުގައި ބަލައި ހޭން ހުއްޓެވެ! އަނބިމީހާ ހުރީ އެކަމާއިވެސް ރުޅިގަދަވެފައެވެ. އެދެއަންހެނުން ގެއަށް ވަނީ ކޮންމެ މީހަކު ކުޑަވަރެއްގެ ލަގެޖެއްވެސް ހިފައިގެންނެވެ. އެހެންކަމުން އެމީހުން އެއައީ އެގޭގައި ތިބެންކަން އިތުރަށް ޔަޤީންވިއެވެ. 

އަނބިމީހާ އައިރުޅީގައި އެމީހުންގެ ގައިގައި ޖަހަން ފިހިގަނޑު މަޅައިލިވަގުތު ފިރިމީހާ ފިހިގަނޑުގައި ހިފެހެއްޓިއެވެ. ދެއަންހެނުން ފޮށިހިފައިގެން ދިއައީ ބަދިގެފަރާތަށެވެ. 2،3 މިނިޓްތެރޭގައި އެނބުރިއައިއިރު އެކަކު ހުރީ ބޮޑުކައްކާއެއްގެ ހެދުމުގައެވެ. އަނެކަކު ހުރީ ގޭގައި މަސައްކަތްކުރާ މީހެއްގެ ހެދުމުގައެވެ. 

އަނބިމީހާއަށް ލިބުނު ހައިރާންކަމުގައި ބަހެއް ނުބުނެވިފައި ހުއްޓާ ފިރިމީހާ ކިޔައިދިނެވެ. "މަގޭ ދެލޯފަދައިން ލޯބިވާ އަނބިމީހާއެވެ! މިއަދަކީ އަހަރެމެންގެ އެންވާސަރީ ދުވަސް ނޫންހެއްޔެވެ؟ ބަލިވެ އުޅޭތީ ޗުއްޓީއަކަށް ދެވެން ނެތުމުން މި 2 އަންހެނުން މިގެނުވީ މުޅިން ތަފާތު ގޮތަކަށް އެންވާސަރީ ފާހަގަކުރާށެވެ! މިއަދާއި މާދަމާ މިގޭގައި ކައްކަންޖެހޭ ހުރިހާ ކެއްކުމެއް ކައްކާނީ މީނާއެވެ! ގޭތެރެ ސާފުކޮށް ކުދިން ބަލާނީ މީނާއެވެ! 2 ދުވަހަށް މިދެމީހުން މިގެނައީ އެޖެންސީއަށް އަގުދައްކައިގެންނެވެ. މި ދެ އަންހެނުންނަކީ ގޭގޭގައި މިގޮތަށް މަސައްކަތްކޮށްދޭ ކުންފުންޏެއްގެ 2 މުވައްޒިފުންނެވެ. އަހަރެން މިހިރީ 2 ދުވަހަށް ޗުއްޓީ ނަގައިގެންނެވެ. 2 ދުވަހުގެ ހުރިހާ ވަގުތެއް ދެމީހުން އެކުގައި ހޭދަކޮށް އުފާކުރަންވެގެންނެވެ!" 

އެހިސާބުން އަނބިމީހާއަށް ކެތްނުކުރެވިގެން ވަރަށް ލޯބިން ފިރިމީހާގެ ގައިގައި ބައްދާލާފައި ސުވާލުކުރިއެވެ. "އަޅެ ކުރިން ބުނެލިނަމައެވެ! ނުބުނެ މިވަރުގެ ކަމެއްކުރީ ކީއްވެގެން ހެއްޔެވެ؟" ފިރިމީހާ ބުންޏެވެ. "ކުރިން ބުނިނަމަ ދެންމެ ފިހިގަނޑު ނަގައިގެން ތިއައުޅުނު ގޮތަކަށް ނުއުޅޭނެ ނޫންހެއްޔެވެ؟ ތިއަ ދައްކަލީ އަހަރެން އެހެން އަންހެނަކާ ގުޅުމެއް ބާއްވައިފިނަމަ ހަދާނެ ގޮތް ނޫން ހެއްޔެވެ؟ ކޮންމެވެސް ކޮންމެވެސް ތިއަވަރަށް އަބަދުވެސް ލޯބިވައްޗެވެ!" 

މިވާހަކަ އަޅުގަނޑު ކިޔަމުން އައިއިރު އަޅުގަނޑަކީވެސް އަންތބަކަށްވުމުން ވަރަށް ރުޅިގަދަވިއެވެ. ފަހުން ހައިރާންވިއެވެ. އެއިގެ ފަހުން ހިނިވެސް އައެވެ. އެންމެ ފަހުން ސީރިޔަސްވެސްވެވުނެވެ. ކުރުނަމަވެސް މިއީ މިހުރިހާ ބައިތަކެއް އެކުލެވޭ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. 

ޝައްކުކުރުމުން ލިބިދާނެ ގެއްލުމާއި އަނބިމީހާ ދެކެ މިހައިވަރަށް ލޯބިވާ ފިރިން މިއަދުވެސް އެބަތިބިކަން އެނގުމުން އަމިއްލަ ޙަޔާތަކީ ބިލާހެއްކަމަށް ސިފަކުރެވުނެވެ. ކައިވެނިކޮށްގެން ދިރިއުޅެމުން މިއަންނަނީ ދިރިއުޅުމެއްކަމާއިމެދުވެސް ސުވާލު އުފެދުނެވެ. 

މިވާހަކަކޮޅުން މިއަދުނޫހުގެ ހުރިހާ ކިޔުންތެރިންނަށްވެސް ފިލާވަޅެއް ލިބޭނެ ކަމަށާއި ފައިދާތަކެއް ކުރާނެ ކަމަށް ހީކުރަމެވެ. އަދި އައްޒަ ބުނާނީ މިވާހަކަކޮޅަކީ ކޮންމެ އަންތބަކުވެސް ފިރިމީހާއަށް ވިސްނައިދިނުމުގެ ގޮތުންނާއި އަނބިން ދެކެ ލޯބިވާ ފިރިން ކަންކަން ކުރާ ގޮތް ދަސްކޮށްދިނުމުގެ ގޮތުން ޙިއްޞާކޮށްލަން ހަމަ ރަނގަޅު ވާހަކަކޮޅެއް ކަމަށެވެ. 

- ޢައްޒަ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން