ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފި

ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް މިދިޔަ ބުދަ ދުވަހު ހިންގި ޚާއްޞަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޚާއްސަ ހަރަކާތެއް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ދެ ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ތެރެއިން މާލޭގެ 582 ތަނެއް ބަލައި ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި ހަރަކާތުގައި، ވިސާ ފުރިހަމަ ނުވާ 273 ބިދޭސީންނަށް ނޯޓިސް ވަނީ ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. މި ހަރަކާތުގެ ތެރެއިން ވަނީ، ރާއްޖޭގައި ފިލައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީންގެ ތެރެއިން 10 މީހަކު ހޯދައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ކުރިއަތް ގެންދިޔަ މި އޮޕްރޭޝަންގައި ޖުމްލަ 211 އިމިގްރޭޝަން އޮފިސަރުން 52 ގްރޫޕްއަކަށް ބަހާލައި މާލޭގެ 26 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން