ޤައުމީ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤައުމީ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ޤައުމީ ދުވަހާ ގުޅުވައިގެން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. 3

މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ނިޕޯން ޕެއިންޓްތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ޕެއިންޓް އެކްސެސަރީތަކުން، އޭގެ ތެރޭގައި ފިހި، ރޯލު އަދި ބުރުސް ހިމެނޭގޮތަށް، 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އެސްޓީއޯއިން މައުލޫމާތު ދެއްވާގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ ހަމައެކަނި އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގައެވެ. މި ފިހާރަ ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ. މީގެ އިތުރުން، މި ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ބައްލަވައިގަނެވެން ހުންނާނެކަމަށްވެސް އެސްޓީއޯއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ޕްރޮމޯޝަނަކީ ޤައުމީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއްކަމަށްވުމާއެކު، ގިނަ ފަރާތްތަކަކަށް މީގެ ފައިދާ ލިބޭނެކަމަށް ބެލެވެއެވެ. ޚާއްސަކޮށް ޢިމާރާތްކުރުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ފަސޭހަވެގެންދާނެއެވެ.

1 އޮގަސްޓުގައި ފެށި މި ޕްރޮމޯޝަން 5 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްދާނެއެވެެ.

މިއަދު އޮންލައިން