ތުރުކީ އަށް ބޭރުކުރާ 38 ބާވަތަކުން ޑިއުޓީ ކަނޑާލުމަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތުރުކީ އަށް ބޭރުކުރާ 38 ބާވަތަކުން ޑިއުޓީ ކަނޑާލުމަށް ހުށަހަޅައިފި

ރާއްޖެއިން ތުރުކީ އަށް ބޭރުކުރާ 38 ބާވަތަކުން ޑިއުޓީ ކަނޑާލުމަށް ހުށަހެޅިފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއާއި ތުރުކީއާ ދެމެދު ކަނޑައެޅޭ ވަކި މުދާތަކެއްގެ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ދެ ޤައުމު ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން ރާއްޖެއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) ގައި ސޮއިކުރުމުގެ މަޝްވަރާތައް މި އަހަރުގެ މާރިޗު މަހު ފަށާފައިވާ ކަމަށެވެ.

އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން 214 ބާވަތެއް ރާއްޖެއިން ހުށަހެޅިއިރު، އޭގެ ތެރެއިން 38 ބާވަތަކަށް ޑިއުޓީ ކަނޑާލުމަށް ހުށަހެޅުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބާކީ ބާވަތްތަކަށް ޑިއުޓީ ކުޑަކުރުމަށް ހުށަހެޅިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެންމެ އިސްކަންދޭ އައިޓަމްތަކުގެ ގޮތުގައި ހިމެނި އައިޓަމްތައް އެބަހުރި އޭގެ ތެރޭގައި އެބޭފުޅުންވެސް ހިމަނާފައި. މިސާލަކަށް ކަޅުބިލަ މަހާއި، ރީނދޫ އުރަހަ ކަންނެލި، އަދި ލޯބޮޑު ކަންނެލި ހިމެނޭ. އޭގެ އިތުރަށް ހިކިމަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ހިމެނޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން